
އައްޑޫ ސިޓީގައި މީހެއްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ މަގުމައްޗަށް މީހަކު ވައްޓާލުމަށްފަހު އޭނާގެ ގައިގައި އެހެން މީހަކު ހިފަހައްޓައިގެން އިންނަ ތަނެވެ. ނަމަވެސް މި ވީޑިއޯއިން ހަމަލާދޭ މަންޒަރެއް ނުފެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ މީދޫގައި ހިނގި މި މާރާމާރީގައި އެމީހާގެ ބޮލަށް ހަމަލާދީފައިވަނީ ވަޅިއަކުންނެވެ.
"ގާފު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, ހުޅުމީދޫގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު މިރޭ 20:30 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި 21 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި, މި މައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ގެ މެޑިކަލް އިންޓަރންޝިޕް ފުރުޞަތު ހުޅުވާލައިފި

އައްޑޫ ސިޓީ ލިންކް ރޯޑް މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާރްޑީސީއަށް!

އައްޑޫ އާރިކިޅި ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
