
"ބިންވެރިޔާ" ސްކީމުގެ ގޯތިތައް ދޭނެކަމުގެ ޔަގީންކަން ދިނުމަށް ލިޔުމެއް ދޫކުރަން ފަށައިފި
# ބިންވެރިޔާ# ހައުސިންގ މިނިސްޓްރީމިނިސްޓަރ ހައިދަރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރިޔަށް ގެންދިޔަ " ބިންވެރިޔާ " ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން އެފަރާތްތަކަށް ލިޔުމެއް ދޫކުރަން ފަށައިފި އެވެ.

ހައުސިންގ މިނިސްޓްރީއިން މިއަދު ބުނީ އެސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން އެމިނިސްޓްރީއިން ލިޔުމެއް ދޫކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ ލިޔުން ދޫކުރަނީ މިނިސްޓަރ ހައިދަރު ގެ ނަމުގައި ކަންވެސް އެމިނިސްޓްރީއިން ވަނީ ބުނެފައި އެވެ.
މި ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެ ކަންވެސް އެމިނިސްޓްރީއިން ވަނީ ހާމަކޮށްފައި އެވެ.
މި ލިޔުން ހައުސިންގ މިނިސްޓްރީއިން ދޫކުށްފައިވަނީ ބިން ނުހިއްކާ ތަންތަނުން ދޫކޮށްފައިހުރި ގޯތިތައް ލިބުނު މީހުންނަށް، ގޯތި ލިބިފައިވާކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.
ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން އޮތީ ނިންމައިފައެވެ.
ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ. ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު، އެތަންތަން ހިއްކަމުން ދަނީ ކުރިން ކަނޑައަޅާފައި އޮތް މިންވަރަށްވުރެ ބޮޑުކޮށެވެ.
ގުޅުންހުރި

ހިޔާވެހި ފައިނޭންސިން ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ކުރީ ސަރުކާރުން އާންމުކުރި ފްލެޓް ލިސްޓުގެ ތެރެއިން ޝަރުތު ހަމަވިކަމަށް ކަނޑައެޅީ 1،820 މީހުން!

ފްލެޓު ލިސްޓު އާންމުކޮށްފި
