logoEN
cocacola
ރަސްދޫ ކޭސް: ކުދިންގެ ފޮޓޯތައް ދައުރުނުކުރޭ , އެކުދިންނާއި މެދު ކަމާބަހޭ ފަރާތްތަކުން އެންމެ ހަރުކަށި ފިޔަވަޅުއަޅާނެ - އިހްސާން

ރަސްދޫ ކޭސް: ކުދިންގެ ފޮޓޯތައް ދައުރުނުކުރޭ , އެކުދިންނާއި މެދު ކަމާބަހޭ ފަރާތްތަކުން އެންމެ ހަރުކަށި ފިޔަވަޅުއަޅާނެ - އިހްސާން

އަހުމަދު ޝުރާއު

logo

4/6/2024, 5:32:21 PM

# އއ ރަސްދޫ ކޭސް# މިނިސްޓަރ އިހްސާން

އިހްސާން

އއ ރަސްދޫގައި ކުޑަކުއްޖަކަށް ގަނާކޮށް އަނިޔާކުރި ކަމަށް ތުހުމަތުވާ ކުދިންގެ ފޮޓޯއާއި ވީޑިއޯ ދައުރުނުކުރަން ހޯމްލޭންޑް މިނިސްޓަރ އިހްސާން އިލްތިމާސްކޮށްފި އެވެ.

ގޮސިޔާ

އިހްސާން މިފަދައިން ހާމަކުރެއްވީ އެމައްސަލައާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ކަމާބެހޭ ވުޒާރާތަކުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

އެގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހްސާން ވިދާޅުވީ ކުއްޖަކު ކުށުގެ ވެށީގައި އުޅުނަސް, ކުށުގެ ވެއްޓަށް ހުށަހެޅިފައި ހުއްޓަސް, ކުށަކަށް އަރައިގަތަށް އެކުދިންނަށް މުޖުތަމައުއިން އެއްވެސް އަނިޔާއެއް ދިނުމަކީ ކަންބޮޑުވާކަމެއް ކަމަށާއި އެހެން ކަމުން އެފަދަ ވީޑިއޯތަކާއި ފޮޓޯތައް ދައުރުކޮށް ކުޑަކުދިންގެ ހައްގުތަކަށް ގެއްލޭގޮތަށް އަމަލުނުކުރުމަށް އެދޭ ކަމަށެވެ.

އެގޮތުން އިހްސާން ވަނީ މިކަންކުރި ކަމަށް ބެލެވޭ ކުދިންނަށް ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

" އަޅުގަނޑުމެން ދުލެއް ނުކުރާނަން ވަކި ކުއްޖަކަށް ވީތީ, ވަކި ތަނަކަށް ވީތީ , ވަކި މުޖުތަމައުތަކަށް ވީތީ. ގާނޫނުގައި ބުނާ ބީދައިން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން " އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ ކުޑަކުދިންގެ މިފަދަ ފޮޓޯތަކާއި ވީޑިއޯތައް ދައުރުކުރުމުގެ ސަބަބުން މުޖުތަމައުގައި ނިކިއްސަރު އާދަތަކެއް ނުކުތުމުގެ ފުރުސަތު އޮތް ކަމަށާއި އެފަދަ ވީޑިއޯތައް ދައުރުނުކުރަން އެދޭ ކަމަށެވެ.

ރަސްދޫ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ގަނާކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވެފައިވަނީ އިއްޔެ އެވެ. މިއާއި އެކު ރައީސް ޑރ މުއިއްޒުގެ އިސްނެންގެވުމާއި އެކު ކަމާބެހޭ އިދާރާތަކުން ވަނީ ޚާއްސަ ތަހްގީގެއް ފަށާފައި އެވެ. އަދި އެތަހުގީގުގެ ބައެއް ތަފްސީލްތައް ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ދީފައި އެވެ.

އިހްސާން ވަނީ މި މައްސަލާގައި ޝާމިލްވާ ކަމަށްބުނާ ދެކުދިން ދެނެގަނެ އެތަނުން އެއްކުއްޖަކާއި މިހާތަނަށް ސުވާލުކޮށްފައިވާކަން ހާމަކުރައްވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ