
އަނިޔާކުރުމުގައި ޝާމިލުވި ކަމަށް ބެލެވޭ ދެކުދިންގެ ތެރެއިން މިހާތަނަށް ސުވާލުކޮށްފައިވަނީ އެއް ކުއްޖަކާ - އިހްސާން
# އއ ރަސްދޫ ކޭސްއއ ރަސްދޫގައި ކުޑައްކުއްޖަކަށް ގަނާކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އެކަމުގައި ޝާމިލުވާ އެއްކުއްޖަކާއި މިއަދު ފުލުހުން ސުވާލުކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރ އިހްސާން ވިދާޅުވެއްޖެ އެވެ.

އިހްސާން މިފަދައިން ވިދާޅުވީ އެމައްސަލައާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެގޮތުން އިހްސާން ވިދާޅުވީ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލާގައި މިހާތަނަށް އެކަމުގައި ޝާމިލުވާ ދެ ކުއްޖަކު ދެނެގަނެވިފައިވާ ކަމަށާއި އެއީ 13 އަހަރު ފިރިހެންކުއްޖަކާއި 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެއެވެ. އަދި އޭގެ ތެރެއިން އެއްކުއްޖަކު އެކުއްޖާގެ ބެލެނެވެރިޔާއާއި އެކު ފުލުހަށް ހާޒިރުކޮށް މައްސަލައާއި ގުޅޭގޮތުން ސުވާލުކޮށްފައިވާކަން އިހްސާން ހާމަކުރެެއްވި އެވެ.
ނަމަވެސް މައްސަލާގައި ހިމެނޭ ދެވަނަ ކުއްޖާއާއި ސުވާލުކުރި ކަމެއް އިހްސާން ހާމަކޮށްފައެއް ނުވެއެވެ
އިތުރު ތަފްސީލް އަންނަނީ ...