logoEN
cocacola
ސަރުކާރުގެ އަމާޒަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުން - އިހްސާން

ސަރުކާރުގެ އަމާޒަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުން - އިހްސާން

އަހުމަދު ޝުރާއު

logo

4/6/2024, 4:52:51 PM

# މިނިސްޓަރ އިހްސާން

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުންކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އިހްސާން މިފަދައިން ވިދާޅުވީ އެމައްސަލައާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ މިވަގުތަަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ހާއްސަކޮށް ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކުރަނީ 15 އަހަރު ކަމަށާއި ނަމަވެސް ޖުވެނަލް ޖަސްޓިސް ޑިޕާޓްމެންޓްގެ ރެކޯޑް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 12 އަހަރާއި 13 އަހަރާއި ދެމެދުގެ އެތައް ކުދިންނެއް މިފަދަ މާހައުލުގައި އެޓްރިސްކުގައި އުޅޭ ކަމަށެވެ.

މިއާއި އެކު ސަރުކާރުގެ އަމާޒަކީ ގާނޫނަށް ބަދަލުގެނެސް ކުށަށް ޒިންމާވާން ޖެހޭ އުމުރު 12 އަހަރަށް ބަދަލުކުރުން ކަމަށް އިހްސާން ވިދާޅުވިއެވެ.

އިހްސާން އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި އިރުވެސް ގާނޫނަށް ބަދަލު ނުގެނެވި އޮތުމަކީ ހިތާމާކުރާ ކަމެއް ކަމަށާއި ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ އެކަންތައްތައް ބަންޑާރަ ނައިބުގެ އޮފީހާއި މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި މިފަދަ މައްސަލަތައް ގާނޫނޫ ގޮތުން ގެންނަން ޖެހޭ ޖުމުލަ ހައްލު ގެނެވޭނެކަން އިހްސާން ފާހަގަކުރެއްވި އެވެ.

އިތުރު ތަފްސީލް އަންނަނީ ...

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ