
އޭދަފުށީގައި 1000 ހައުންސިން ޔުނިޓް ގާއިމްކުރުމުގެ މަޝްރޫއުއެއް ފަށަނީ
# ރައީސް މުއިއްޒު# ބ. އޭދަފުށިރައީސް މުއިއްޒު
ބ އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ މަޝްރޫއުއެއް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގެ ވާދަކުރައްވާ އެދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވާ އަހުމަދު ސަލީމްގެ ކެމްޕެއިން ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ރައީސް ވިދާޅުވީ އޭދަފުށީ ދާއިރާއަށް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށާއި އެރަށަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް 1000 ހައުންސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަޝްރޫއަކީ އެދާްއިރާގެ ގޮނޑިއަށް އިތުރު ދައުރަކަށް ވާދަކުރައްވާ ސަލީމްގެ އިސްނެންގެވުމުގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށާއި ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ދާދި އަވަހަށް ދީ އެމަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއު ފެށުމަށްޓަކައި މިހާރު ކުރިޔަށް ދަނީ އިނީޝިއަލް މަސައްކަތްތައް ކަމަށެވެ. ނަމަވެސް އެއީ ކޮންމަސައްކަތްތަކެއް ކަމެއް ރައީސް ތަފްސީލްކޮށްނުދެއްވައެވެ.
މި މަޝްރޫއަކީ މެމްބަރު ސަލީމްގެ ބުރަ މަސައްކަތުން ކުރިޔަށްދާ މަޝްރޫއެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަމަށް އެއްބާރުލުން ދެއްވުމަށް ޓަކައި އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ސަލީމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ގުޅުންހުރި

ރައީސް މުއިއްޒު އަކީ ފޭރާން ހެޔޮ މުޖުތަމައުއެއް ބިނާކުރަން މަސައްކަތް ކުރައްވާ ވެރިޔެއް - މުޖުތަބާ

މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެ

ޤަވާއިދުން މަސްވެރިންނަށް ފައިސާ ދޭތާ 4 މަސް ވެއްޖެ ، މިހާތަނަށް 470 މިލިއަން ރުފިޔާ ދޫކޮށްފިން - ރައީސް
