
މާލޭގެ 4 ސަރަހައްދެއްގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނެ!
# އީދު ނަމާދު# މާލެ ސިޓީ# އިސްލާމިކް މިނިސްޓްރީ--
މާލޭގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެ އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާފަންނު ސްޓޭޑިއަމާއި ވިލިމާލެ ފުޓްބޯޅަ ދަނޑާއި ހުޅުމާލެ ސިންތެޓިކް ޓްރެކް ދަނޑުގެ އިތުރުން ހުޅުމާލެ ފޭސް 2 ކްރިކެޓް ދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ މޫސުން ގޯސްވެ ބޮޑު ޖަމާއަތް ކެންސަލް ކުރަން ޖެހިއްޖެނަމަ މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގައި އީދުނަމާދު ފަށާ ގަޑިއަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރު އީދު ނަމާދު ފަށަނީ ހެނދުނު 7:00 ގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.
ގުޅުންހުރި

ބޮޑު އީދު ނަމާދު މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި ކުރާނެ!

މި އަހަރުގެ އެޕްރީލު މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް ވަނީ އިތުރުވެފަ: ޒަކާތު ހައުސް

މިއަހަރުވެސް ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ލިބޭނެ!




