logoEN
cocacola
ޚާއްސަ އޮޕަރޭޝަންތަކެއްގައި21 މިލިއަށް ރުފިޔާގެ މަސްތުވާކެތި އަތުލައިގެންފި

ޚާއްސަ އޮޕަރޭޝަންތަކެއްގައި21 މިލިއަށް ރުފިޔާގެ މަސްތުވާކެތި އަތުލައިގެންފި

އަހުމަދު ޝުރާއު

logo

4/3/2024, 6:10:51 PM

# މަސްތުވާތަކެތި

ރާއްޖޭގައި ހިންގި މަސްތުވާތަކެތި އަތުލައިގަތުމުގެ ބޮޑު އޮޕަރޭޝަނެއްގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދާހިލީ ވަޒީރު އިހްސާން ދާދި ދެންމެ އަކު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ވަޒީރު ދާދި ދެންމެ އަކު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ހުރީ 21.6 މިލިއަން ރުފިޔާގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ދިވެހިރާއްޖެއެއް ހޯދުމަކީ އަމާޒެއް ކަމަށެވެ.

View post on Twitter

މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް ވަޒީރު ދެއްވާފައިވާ ނުވާއިރު ރާއްޖެއަށް ވައިގެ މަގުންނާއި ކުރިއަ މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރަން މަަސައްކަތްކުރި ފަރާތްތަކެއް އަތުލައިގެންފައިވާކަން ކަސްޓަމްސްއިން ވަނީ ވޭތުވެދިޔަ 2 ދެދުވަހު ހާމަކޮށްފައި އެވެ. މީގެ އިތުރުން ފުލުހުން ވަނީ މާލޭގައި ޚާއްސަ އޮޕަރޭޝަނެއްވެސް ކުރިޔަށް ގެންގޮސްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ