
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން މަރާމާތަށް ފަހު އީދަށް ހުޅުވަނީ
# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސްޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން މަރާމާތުގެ ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ
ޖުމްހޫރީ މައިދާނުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ތަރައްޤީކުރި ފެން އަރުވާވަޑާން މަރާމާތުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސްއިން ކުރަމުންދާކަން ހާމަކޮށްފި އެވެ.

މިކަން ހާމަކުރައްވާ އެމިނިސްޓްރީގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހަލާކުވެ ވީރާނާވަމުންދިޔަ ފެން އަރުވާ ވަޑާން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޚާއްސަ އެދިވަޑައިގަތުމަކަށް މަރާމާތު ކުރުމުގެ މަސައްކަތް އެމިނިސްޓްރީއިން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މަރާމާތަށްފަހު އެތަން ކުޑަ އީދަށް އަލުން ހުޅުވުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަން މިނިސްޓަރު ހާމަކުރެއްވި އެވެ.
މީގެ ކުރިން އާދަމް ޝަރީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިމަސައްކަތް ކުރިޔަށްދަނީ އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ކަމަށާއި ފެން އަރުވާވަޑާން މަރާމާތުކުރާނީ ކުރިއަށް ވުރެ ފުރިހަމަކޮށް ކަމަށެވެ.
ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާމަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ ރައީސް ޑރ މުއިއްޒުގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ މިނިވަން 50 އާއި ގުޅުވައިގެން ޤާއިމްކުރި ތަނެކެވެ.
ގުޅުންހުރި

ކައުންސިލް އިދާރާތަކުގެ އިމާރާތްތައް އެޅުމަށް މެލޭޝިާ ކުންފުންޏާއިއެކު ސޮއިކުރި އެއްބަސްވުން ބާތިލުކޮށްފި

ސިޓީސް މިނިސްޓްރީގެ ހަފުތާ 52 ގެ މަސައްކަތު ބައްދަލުވުން ފަށައިފި

ކައުންސިލްތަކާއި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ސާބިތުކަމާއެކު ދެމި ތިބޭނަން!
