
ސީރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
# ރާއްޖެ - އީރާން# ފޮރިން މިނިސްޓްރީ# އީރާންފޮރިން މިނިސްޓްރީ ---
ސީރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މިފަދަ ހަމަލާތައް ޑިޕްލޮމެޓިކް ފެސިލިޓީތަކަށް އަމާޒުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބައިނަލްއަޤްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ޑިޕްލޮމެޓިކް ތަންތަން އަމާޒުވާ ހަމަލާތަކުން ރައްކާތެރިކޮށް ދެމެހެއްޓުމަށްވެސް ވަނީ ގޮވާލާފައެވެ.
މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކުގެ މެންބަރުންނަށާއި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.
ހޯމަ ދުވަހު ދިން މިހަމަލާގެ ތުހުމަތުކޮށްފައިވަނީ އިސްރާއީލުން ދިން ހަމަލާއެއް ކަމަށެވެ. ސީރިއާގެ ދިފާއީ ވުޒާރާއިންވެސް ބުނެފައިވަނީ އެއީ އިސްރާއީލުން ދިން ހަމަލާއެއް ކަމަށެވެ. މި ހަމަލާގައި އީރާނުގެ އިސް ޖެނެރަލުން ތަކެއް ވަނީ މަރުވެފައެވެ.
ގުޅުންހުރި

ޖަޕާނުން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް 1 މިލިއަން ޑޮލަރ

ސައޫދީގެ އާންމުން ދިރިއުޅޭ ތަންތަނަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އިރާނުގެ ސުޕްރީމް ލީޑަރުގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނީ ޕްރޮޓޮކޯލްގެ ބަދަލަކާ ގުޅިގެން!
.jpg&w=3840&q=75)



