
މުހައްމަދު ތާހާ --
ރާއްޖެ އިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ނ. ހޮޅުދޫ، އުފަންވެލި މުޙައްމަދު ޠާހާގެ ނަން މަޖިލީހަށް ފޮނުއްވައިފި އެވެ.

ގާނޫނުއަސާސީ އާއި ފޮރިން ސާވިސް ގާނޫނުގެ ދަށުން ސައުދީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ތާހާ އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިިލިހަށް ފޮނުއްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
މި ކަމުގައި ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވާފައިވަނީ އިއްޔެ އޮތް ޖަލްސާގައެވެ.
މި ނަން ދިރާސާ ކުރުމަށް މަޖިލިހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ މިހާރު ފޮނުވާފައެވެ.
ގުޅުންހުރި

ދެ އިންތިހާބު އެއް ދުވަހަކު ބޭއްވުމުން ފައިދާ ބޮޑުވާނީ ރައްޔިތުންނަށް- ޤާސިމް

ރާއްޖޭގައި އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލެއް އަލަށް ތައާރަފުކޮށްފި

ޞުލްޙައިގެ އެއްބަސްވުންތަކަކީ ޤާނޫނީ އަދި ދުސްތޫރީ އޮނިގަނޑެއްގެ ތެރޭގައި ހިމެނިފައިވާ ކަންކަމަށް ވާންޖެހޭނެ - ނާޒިމް

.gif&w=3840&q=75)



