
މާކޮސް އަލޮންސޯ
ސްޕެނިޝް ލަލީގާގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު މާކޮސް އަލޮންސޯ، މި ސީޒަން ނިމުމުން އެ ކުލަބު ދޫކޮށްލަން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

2022 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ޕްރެމިއާ ލީގުގެ ޗެލްސީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ޑިފެންޑަރު އެޓީމާއެކު ހަދާފައިވާ އެއްބަސްވުން 2024 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. މިއާއެކު މިސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ކުލަބު ދޫކޮށްލާއިރު، އޭނާ ވަނީ އެޓީމަށް 44 މެޗު ކުޅެ ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ.
މީގެ އިތުރުން ބާސެލޯނާގައި ހޭދަ ކުރި ދެ ސީޒަންގެ ތެރޭގައި އަލޮންސޯ ވަނީ އެޓީމާއެކު ސްޕެނިޝް ލީގުގެ އިތުރުން، ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ
ބާސެލޯނާ ދޫކޮށްލަން އަލޮންސޯ ނިންމީ، ކުލަބުގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. އަލޮންސޯގެ ނިންމުމަށް ބާސެލޯނާ އިން ވެސް އިޙުތިރާމް ކުރަން ބޭނުންވާ ކަމަށާއި، ޖޫން މަހު އޭނާ ކުލަބު ދޫކޮށްލަން ބާސެލޯނާ އިން ވެސް ވަނީ އެއްބަސްވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބާސެލޯނާ ދޫކޮށްލަން ނިންމި ނަމަވެސް، މިހާތަނަށް އަލޮންސޯ ބަދަލުވާނެ ވަކި ކުލަބެއް އޭނާ ނުނިންމާ ކަމަށް މީޑިއާ ތަކުން ބުނެ އެވެ.
ގުޅުންހުރި

ފޮރެސްޓާއި އެއްވަރުވެ ޔުނައިޓެޑުން ދެވަނައަށް އެރުމަށް ލިބުނު ފުރުސަތު ނަގާލައިފި

ޕެލަސް އަތުން ބަލިވެ އީއެފްއެލް ކަޕްގެ ހަތަރުވަނަ ބުރުން ލިވަޕޫލް ކަޓައިފި

ވުލްވުސް ބަލިކޮށް އީއެފްއެލް ކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ކަށަވަރުކޮށްފި





