logoEN
cocacola
ގްރީން ޕާޓީ އޮފް މޯލްޑިވްސް އުފެއްދުމުގެ ހުއްދަ ދީފި

ގްރީން ޕާޓީ އޮފް މޯލްޑިވްސް އުފެއްދުމުގެ ހުއްދަ ދީފި

އަލްފާ އަލީ

logo

4/1/2024, 9:18:30 AM

# އިލެކްޝަންސް ކޮމިޝަން# ގްރީން ޕާޓީ އޮފް މޯލްޑިވްސް

-

ގްރީން ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

ގޮސިޔާ

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެ މަތިން "ގްރީން ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ، ގއ.ކޮލަމާފުށި/ އޯޝަންރީޑް މުހައްމަދު އަޒީމަށް ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިންވެސް ގްރީން ޕާޓީ އޮފް މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވެއެވެ. އެފަހަރު އެ ހުއްދަ ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަށެވެ.

ސިޔާސީ ޕާޓީ އެއް ރަޖިސްޓްރީ ކުރަނީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުން 3000 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ