logoEN
PNC TOP 3
ސިޓީތަކާއި ބައެއް ރަށްތައް އީދަށް ޒީނަތްތެރިކުރަނީ

ސިޓީތަކާއި ބައެއް ރަށްތައް އީދަށް ޒީނަތްތެރިކުރަނީ

އަލްފާ އަލީ

logo

4/1/2024, 8:35:21 AM

# އީދު ދުވަސް

މާލޭގައި އީދު ފާހަގަކުރުމަށް ޒީނަތްތެރިކޮށްފައި --

ކުރިއަށް އޮތް ފިތުރު އީދު ދުވަހު ރާއްޖޭގެ ސިޓީތަކާއި އަތޮޅު ކައުންސިލް ގާއިމްކުރެވިފައިވާ ރަށްތައް ސްލާމީ ވަންތަކަން ދައްކައިދޭ ލައިޓްތަކުން ޒީނަތްތެރިކުރެވިގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

PNC MID 2

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މި އަހަރުގެ ފިތުރު އީދުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާ ގާއިމުވެފައިވާ ހުރިހާ ރަށެއް އީދަށް ޒީނަތްތެރިކުރެވޭނެ ކަމަށެވެ. އަދި އިސްލާމީ ވަންތަކަށް ދައްކައިދޭ ލައިޓްތަކާއި ތަކުބީރުތަކުގެ އަޑު އެ ރަށްތަކަށް ދިރުން ލިބިގެންދާނެ ކަމަށެވެ.

އަތޮޅުތަކުގެ ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާ ހުންނަ ރަށްތައް ޒީނަތްތެރިކުރުމަށް ނިންމައި، އެމަކަށް ބޭނުންވާ ސާމާނު މިހާރު ފޮނުވާފައިވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ. އަދި މާލެއާއި އަތޮޅުތަކުގައި މިހާރު ކުރަމުންދަނީ މި ސާމާނު އިންސްޓޯލްކުރުމުގެ މަސައްކަތެކެވެ.

އާދަމް ޝަރީފް ވިދާޅުވީ މިކަމުގެ ބޭނުމަކީ އިސްލާމީ ވަންތަ ރީތި ސިފަތަކުން އީދު ފާހަގަކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަހިކޮށްދެއްވުމެވެ.

ހިޖުރީ ކަލަންޑަރުގައިވާ ގޮތުން މިފަހަރު ފިޠުރު ޢީދު ދިމާވަނީ އޭޕްރިލް 10ވަނަ ދުވަހަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC