logoEN
cocacola
އާސަންދައިންގެ ދަށުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ހެދޭގޮތް ހަމަޖައްސައިފި

އާސަންދައިންގެ ދަށުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ހެދޭގޮތް ހަމަޖައްސައިފި

އަލްފާ އަލީ

logo

4/1/2024, 7:46:41 AM

# އާސަންދަ

-

އާސަންދައިގެ ދަށުން 35އަަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދޭގޮތް ހަމަޖައްސައިފި އެވެ.

ގޮސިޔާ

އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފްކޮށް، ސްކޫލް ދަރިވަރުންނަށް (18 އަހަރުން ދަށުގެ އުމުރުފުރައަށް) ހާއްސަ ސްކޫލް ސްކްރީނިންގ ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ވައުދުގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރުކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެގޮތުން މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތަޢާރަފްކޮށް ޗެކަޕް ހެދޭނެ ގޮތް ވަނީ ފަހިކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ޚާއްޞަ ޓެސްޓްތައްވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް، އާސަންދަ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. މި ސްކީމްގެދަށުން ޗެކްޕް ހެދޭނީ އުމުރުން 18 އަހަރުން ދަށުގެ ދަރިވަރުންނަށެވެ.

މީގެ އިތުރުން 01 ޖަނަވަރީ 2024 ގައި ތަޢާރަފްކުރި މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިޢާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖުތަކަށް ބައެއް ބަދަލުގެނެސްފައިވާކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. މިގޮތުން 19 އަހަރުން މަތީގެ އުމުރުފުރާތަކަށް ހާއްސަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ބަދަލުގެނެވިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އާސަންދައިން 01 އޭޕްރީލުން ފެށިގެން އިތުރުކުރެވޭ އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ޚާއްޞަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ. ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެއެވެ.އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ