logoEN
cocacola
މަސްތުވާތެކެތި ބޭނުންކުރާ މީހުން މުޖުތަމައުތެރޭގައި ފަރުވާދެވޭނެ ނިޒާމެއް ގާއިމްކުރާނަން - ރައީސް

މަސްތުވާތެކެތި ބޭނުންކުރާ މީހުން މުޖުތަމައުތެރޭގައި ފަރުވާދެވޭނެ ނިޒާމެއް ގާއިމްކުރާނަން - ރައީސް

އަލްފާ އަލީ

logo

3/31/2024, 11:12:24 AM

# މަސްތުވާތަކެތި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --

މަސްތުވާތަކެތީގެ މައްސަލަ ޙައްލު ކުރުމަށް މުޖުތަމައުތެރޭގައި ބައިތިއްބައިގެން ފަރުވާދެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ޖަވާބުދެއްވަމުންނެވެ.

މއ. ބޯޅަކިންކިރިމާގޭ އާއިޝަތު ޝެރީން ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށްފަހު އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރުތަކެއްވެފައިވީ ނަމަވެސް އެކަށީގެންވާ ޙައްލެއް ނުލިބިއޮތް ބޮޑު މައްސަލައެއްކަމަށެވެ. މިކަމަށް އޮތް އެންމު މުހިންމު ހައްލަކީ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނުވަތަ މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ އިންތިޒާމެއް ގާއިމްކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގައި ވަބާގައި ޖެހޭ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ނެރުމަށް ރަނގަޅު ފެންވަރުގެ ރިހެބިލިޓޭޝަން މަރުކަޒުތައް މުހިންމު ކަމަށާއި، އެފަދަ އެކި މަރުކަޒުތައް މި ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމު ކުރައްވާނެ ކަމަށެވެ. އަދި މިހާރު އެ މަރުކަޒުތައް ގާއިމުކުރާނެ ރަށްތައް ކަނޑައެޅިފައިވާކަންވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ސަރުކާރުން ހިންގާ އެކި ކަހަލަ މަޝްރޫޢުތަކުގައިވެސް ޢަމަލީގޮތުން ބައިވެރިކުރުވައިގެން އަނބުރާ މުޖުތަމަޢަށް ގެނެވޭ ގޮތަށް ކަންކަން ކުރިއަށްދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ