logoEN
ޕީއެންސީ 2
މެންޗެސްޓާ ޔުނައިޓެޑާއި ބްރެންޓްފޯޑްގެ ކުރިމަތިލުން އެއްވަރު

މެންޗެސްޓާ ޔުނައިޓެޑާއި ބްރެންޓްފޯޑްގެ ކުރިމަތިލުން އެއްވަރު

ހަސަން ޝަމްއޫން

logo

3/31/2024, 2:06:02 AM

# ބްރެންޓްފޯޑް # މެންޗެސްޓާ ޔުނައިޓެޑް # އިގިރޭސި ޕްރިމިއާ ލީގް# ބޭރު ދުނިޔޭގެ ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑާއި ބްރެންޓްފޯޑް ވާދަކުރި މެޗުގެ ތެރެއިިން

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ބްރެންޓްފޯޑް އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ޝަރީ 2024

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަަމަ ހާފުގެ 24 ވަނަ މިނެޓުގައި ބްރެންޓްފޯޑްގެ ފޯވާޑް އިވާން ޓޯނީ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، 33 ވަނަ މިނެޓުގައި އެޓީމުގެ ޑެންމާކް ޑިފެންޑަރު ޒަންކާ ބޮލުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފުރަތަަމަ ހާފުގައި ޔުނައިޓެޑުން އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭޒް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑުން ނެވެ. މިލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް އެވެ.

މިއީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސަމީރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އިތުރު ވަގުތުގެ 9 ވަނަ މިނެޓުގައި ބްރެންޓްފޯޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ޑިފެންޑަރު ކްރިސްޓޮފަރ އަޖަރ އެވެ.

މިއީ އެޓީމުގެ ފޯވާޑް އިވާން ޓޯނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއާއެކު ލީގުގައި ކުޅުނު 29 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 48 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 6 ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 30 މެޗުން ބްރެންޓްފޯޑަށް 27 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ