
އިމުގާ
މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް, އިމުގާއަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ޕޯޓަލް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް އެއިދާރާއިން ބުނެފި އެވެ.

އިމްގްރޭޝަންގެ އިމުގާ ޕޯޓަލްއަށް މައްސަލައެއް ދިމާވެ ޕޯޓަލް ޑައުންވީ ރޭގެ ވަގުތެއްގައި އެވެ. ރޭ އިމިރޭޝަނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި އެއިދާރާއިން ބުނީ އިމުގާ ޕޯޓަލްއަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވަމުންދާތީ ވެބްސައިޓަށް ވަނުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
މިއާއި އެކު ޕޯޓަލްގެ ހިދުމަތް ރަނގަޅުކުރެވެންދެން އެއާޕޯޓުގައި ތިބި އިމިގްރޭޝަން އޮފިސަރުން އެ ގައުމަށް އެތެރެވާ އަދި ބޭރަށް ދާ ބޭރުގެ ދަތުރުވެރިންނަށް "ޓްރެވެލާ ޑިކްލަރޭޝަން" ފޯމް ފުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަން އިމިގްރޭޝަނުން ވަނީ ހާމަކޮށްފައި އެވެ.
މައްސަލަ ދިމާވިތާ 24 ގަޑިއިރަށް ފަހު އިމިގްރޭޝަނުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ ޕޯޓަލްއަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ޕޯޓަލް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ވަނީ މިކަމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވި ދަތިތަކަށް މާފަށް އެދިފައި އެވެ.
އިމުގާ ޕޯޓަލްއަކީ ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ފަތުރުވެރިން ޓްރެވެލާ ޑިކްލަރޭޝަން ފޯރމު ފުރުމަށާއި ދިވެހި ރައްތިތުން ޕާސްޕޯޓު ހިދުމަތަށް އޮންލައިންކޮށް އެދުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ. މިއީ ރާއްޖޭގައި އެންމެ ރައްކާތެރިކަމާއި އެކު ބަލަހައްޓާ އެއް ޕޯޓަލްއެވެ.
ގުޅުންހުރި

ސައްޚަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ 25 ބިދޭސީން ހައްޔަރުކޮށްފި

އިމިގްރޭޝަންގެ ވަޒީފާއަށް އެދި ހުށަހެޅި 549 ފަރާތަކުން އިމްތިހާނު ފުރިހަމަކޮށްފި

ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ އިމާރާތެއް ބަލައިފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު ހައްޔަރަށް!
