
ބީސީސީއިން ފެށި ކެމްޕެއިން
ދިވެހި އުފެއްދުންތަކަށް ޢާންމުންގެ މަޤްބޫލުކަން އިތުރުކޮށް ދިވެހި އުފެއްދުންތައް ކުރިއެރުވުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީން ޚާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

އިއްޔެ ފެށި މި ކެމްޕެއިންއަކީ"ދިވެހީންނަށް އިސްކަން" ނަމުގައި ފެށި ކެމްޕެއިނެކެވެ. އެގޮތުން ކެމްލެއިން ރަސްމީކޮށް ފައްޓަވާދެއްވީ އެކޮނިމިކް މިނިސްޓަރ މުހައްމަދު ސައީދު އެެވެ.
"ދިވެހީންނަށް އިސްކަން" އެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކެމްޕެއިންގައި ބޭނުންކުރުމަށްޓަކައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ބީސީސީން ތައްޔާރުކޮށްފައިވާ ކޮތަޅުގައި، ދިވެހި އުފެއްދުމެއް ކޮންމެވެސް ފަރާތަކަށް ހަދިޔާކުރާ ގޮތަށެވެ. އަދި އެ ހަދިޔާ ލިބޭ ފަރާތުން އެ ކޮތަޅުގައި އެހެން ފަރާތަކަށް ދިވެހި އުފެއްދުމެއް ހަދިޔާކުރާ ގޮތަށެވެ. އަދި މިގޮތަށް އުފެއްދުންތައް ގަނެ ހަދިޔާކުރާއިރު އެ ތަން ވީޑިއޯކޮށް ސޯޝަލް މީޑިޔާގައި ބީސީސީއާއި އުފެއްދުމެއް އުފެއްދި ފަރާތް ޓެގްކޮށް ޕޯސްޓުކުރުމުން ކެންޕޭނުގައި ބައިވެރިވެވޭނެކަމަށް އެ ބީސީސީއިން ބުނެއެވެ.
އެ ކެމްޕެއިންގެ މަގުސަދަކީ، ދިވެހި މަސައްކަތްތެރިން އުފައްދާ އުފެއްދުންތަކުގެ އަގުވަޒަންކޮށް އެތަކެއްޗަށް އިސްކަންދީ އާންމުންގެ މެދުގައި މަގުބޫލުކަން އިތުރު ކުރުމެވެ. އެ ކެމްޕެއިންގައި ދިވެހި ކޮންމެ އުފެއްދުމެއްވެސް ބޭނުންކުރެވެނެއެވެ. އެގޮތުން ދިވެހި ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ފަންނުވެރިންގެ އުފެއްދުންތައްވެސް ބޭނުން ކުރެވޭނެއެވެ.
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބީސީސީން ކުރަމުންދާ މަސައްކަތުގެ ދަށުން ފެށި ކެމްޕެއިން، މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް ވަނީ ފަށާފައެވެ.
ބީސީސީއިން ބުނީ މި ކެންޕޭން ކުރިއަށް ގެންދާނީ އަންނަ މަހުގެ 16ވަނަ ދުވަހާ ހަމައަށް ކަމަށާއި ކެމްޕޭން ކުރިއަށްދާ މުއްދަތުގައި އެ ކޯޕަރޭޝަނުން ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން މާލޭގައި ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ގަންނަ ކޮންމެ އެއްޗަކަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
ގުޅުންހުރި

އުފެއްދުންތެރިކަމުގެ މައުރަޒުގައި ޤައިދީންނާއި ޕްރިޒަން އޮފިސަރުންގެ ހުނަރުތައް ދައްކާލައިފި

ފުވައްމުލަކުގައި ކްރިއޭޓާ ހަބެއް ގާއިމްކުރަނީ
.webp&w=3840&q=75)
އާރޓްސް އެންޑް ކަލްޗަރ ސެންޓަރެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
