
މިނިސްޓަރ ޝަހީމް
ރާއްޖެއަށް ޒަމާނީ ތަރައްޤީ ގެނައުމަށް ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ މުހިންމު ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިފަދައިން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެެވެ.
އެޕޯސްޓުގައި ޝަހީމް ވިދާޅުވީ ޤައުމުގައި ފުދުންތެރި އިޤުތިޞާދު ޤާއިމުކޮށް އުފާ ފާގަތިކަން ގެނެސް ސިޔާސީ ހަމަޖެހުމުގެ މައްޗަށް ޤާނޫނީ ވެރިކަން އާރާސްތުކޮށް ރާއްޖެއަށް ޒަމާނީ ތަރައްޤީ ގެނައުމަށް ސަރުކާރަށް ރައްޔިތުންގެ މަޖްލީހުގެ މެޖޯރިޓީ ލިބި ދިނުމަކީ ވަރަށް ބޮޑު ޤައުމީ މަޞްލަޙަތެއް އޮތްކަމެއްކަމުގައި ދެކޭ ކަމަށެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުން އެންޑޯޒްކޮށްފައިވާ ކެންޑިޑޭޓުން ( ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓޫންގެ އިތުރުން ރައީސްގެ އެންޑޯޒްމެންޓް ލިބިފައިވާ ކެނޑިޑޭޓުން ) އިންތިހާބުކުރުމަށްޓަކައި ސަރުކާރުގެ އިސްވެރިންނާއި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންވެސް ގެންދަވަނީ ގިނަ މަސައްކަތްތަކުން ކުރައްވަމުންނެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންނަށް ރައީސްވެސް މިހާރު ގެންދަވަނީ ބައެއް ކެންޑިޑޭޓުންނާއި އެކު ޑޯޓުޑޯ ހަރަކާތްތަކާއި ކެމްޕެއިން ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ
ގުޅުންހުރި

އިސްލާމީ ސަޤާފަތާއި ރިވެތި އާދަކާދައާއި އަޚުލާޤު ދިރުވުމަށް ރައީސް ގެންގުޅުއްވަނީ ޤައުމަށް ބޭނުންތެރި ތަސައްވުރެއް!
-1724479391285.webp&w=3840&q=75)
އަދުގެ ސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދޭނެ ސަރުކާރެއް - ޝަހީމް

ޑރ ޝަހީމް އަކީ ރާއްޖެ ދުށް އެންމެ ގާބިލް އެންމެ ހިންގުންތެރި އިސްލާމިކް މިނިސްޓަރ - އަބްދުއްރަހީމް
