logoEN
cocacola
ކުޑަކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައެއްގައި އިންޑިއާގެ ސިފައިންގެ މީހަކާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި

ކުޑަކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައެއްގައި އިންޑިއާގެ ސިފައިންގެ މީހަކާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި

އައިޝަތު އިފާޝާ

logo

3/27/2024, 10:31:11 AM

# އިންޑިއާ

.

ކުޑަކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައެއްގައި އިންޑިއާގެ ސިފައިންގެ މީހަކާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 11 އަހަރުގެ އެ އަންހެން ކުއްޖާގެ މަންމައާއި ބައްޕަ މަރުވުމުން ފަހުން ދިރިއުޅެމުންދިޔައީ އެކުއްޖާގެ ބޮޑުދައިތައާއި އޭނާގެ ފިރިމީހާއާ އެކު ކަމަށެވެ. މިކަން ފެންމަތިވެފައިވަނީ އެ އަންހެން ކުއްޖާގެ ބޮޑުދައިތަ އެކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

އަދި އެކުއްޖާ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި އެކުއްޖާގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން, އެކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމުން އެކުއްޖާއަށް ޖިންސީ ގޯނާކޮށް, ނޭވާހާސްކޮށްގެން މަރާލާފައިވާކަން އެނގުނެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ވަރަކަށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެ ކުއްޖާގެ ބޮޑުދައިތަގެ ފިރިމީހާ ކަން ފުލުހުންނަށް ވަނީ އެނގިފަ އެވެ. އަދި އެކުއްޖާގެ ބޮޑުދައިތައަށް މިކަން އެނުގުނު ނަމަވެސް އެކަން ފޮރުވަން މަސައްކަތް ކޮށްފައިވާކަންވެސް ފުލުހުންނަށް ވަނީ އެނގިފައެވެ.

އެމައްސަލައާއި ގުޅިގެން އެ ދެމަފިރިންގެ މައްޗަށް ދައުވާކޮށް, އެމީހުން ހައްޔަރުކޮށް އިންޑިއާ ފުލުހުންގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ