logoEN
cocacola
ޔޫއޭއީއާއި ތައިލޭންޑުން އާސަންދައިގެ ޚިދުމަތްދެނީ

ޔޫއޭއީއާއި ތައިލޭންޑުން އާސަންދައިގެ ޚިދުމަތްދެނީ

އައިޝަތު އިފާޝާ

logo

3/27/2024, 9:45:53 AM

# އާސަންދަ

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް

ޔޫއޭއީ އާއި ތައިލޭންޑުން އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވަލަކަށް މަޖިލީހުގައި ދެއްވި ޖަވާބުގައެވެ. އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަޒީރު އައިޝަތު ޝިހާމްއާއި ކުރެއްވި ސުވާލަކީ ޔޫއޭއީ އަދި ތައިލޭންޑުން އާސަންދަ ލިބޭނީ ކޮން ޚިދުމަތްތަކަކުންތޯ އާއި މި ޚިދުމަތް ލިބޭނެ ތާރީޚަކާ ގުޅޭގޮތުންނެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ ޔޫއޭއީން އަދި ތައިލޭންޑްގައި ހުރުމާއި ދަތުރުފަތުރު ހަމަޖެހޭގޮތައް އާސަންދަ ހަމަޖެއްސުމަކީ ރައީސްގެ ވައުދުފުޅެއްކަން ފާހަގަކުރައްވާފައެވެ. އަދި އާސަންދައިގެ ބަޖެޓުން މިއަހަރަށް ކަނޑައަޅާފައިވާ އަދަދުން އެ ދެގައުމުން އާސަންދައިގެ ޚިދުމަތް ދިނުމާއި ގުޅޭ މަޝްވަރާތަކާއި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

"އާސަންދައަށް މިއަހަރަށް ބަޖެޓްކޮށްފައިވާ އަދަދުގެ ތެރެއިން މެނޭޖްކުރެވޭނެ ގޮތައް މި ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުން. އަދި މި ބަދަލަކާއި އެކުވެސް އާސަންދައިގެ ހިދުމަތް ލިބޭ މީހުންގެ އަދަދަކަށް އުނިކަމެއް ނާންނާނެ. މިގޮތުން ހިދުމަތް ދޭނެ މޮޑެލްތަކާއި، ކަވަރ ކުރާނެ ހިދުމަތްތަކާއި ހަރަދު ހަމަޖައްސާނެގޮތުގެ މަޝްވަރާތައް ދަނީ ކުރެވެމުން. މިކަންކަން ނިމުން ކަމާގުޅުންހުރި ފަރާތްތަކަށް ހިއްސާކުރެވިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

އާސަންދައިގެ ނިޒާމް މިހާރު ހުރިގޮތުން ވަރަށް ބޮޑު އިސްރާފުތަކެއް ހުރިކަން ފާހަގަކުރައްވައި ވަޒީރު ވަނީ, 2023 ވަނަ އަހަރު މުޅި އާސަންދަ ސްކީމަށް ބަޖެޓްކޮށްފައިވަނީ 1 ބިލިއަން ރުފިޔާކަމަށާއި، އެހެންނަމަވެސް އަހަރު ނިމުނުއިރު 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މީގެތެރެއިން 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވަނީ ބޭހަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތަކަކީ މި ސަރަޙައްދުގެ އެހެން ޤައުމުތަކަށް އަޅާބަލާއިރު 70 އިންސައްތަ ބޮޑު އަދަދުތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ ބާޒާރުގައިވެސް ބޭސް ލިބެން ހުންނަ އަދަދުތަކަށްވުރެ ރާއްޖޭގެ އަގުތައް ދޮޅު ގުނަ ބޮޑުކަން ވޯލްޑް ބޭންކުންވެސް ފާހަގަކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ