logoEN
cocacola
ފުވައްމުލަކުގައި އަލިފާނުގެ ހާދިސާއެއް!

ފުވައްމުލަކުގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

3/25/2024, 6:15:38 PM

# އެމްއެންޑީއެފް

ފުވައްމުލަކުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ

ފުވައްމުލައް ސިޓީގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ގޮސިޔާ

އެމްއެންޑީއެފުން މިރޭ ބުނީ ފުވައްމުލަކު ސިޓީ ވޭސްޓް މެނޭޖްމަންޓް ސެންޓަރ (ކުނިގޮނޑު) ކައިރީ ހުރި ނިކަ ގަހެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު މިރޭ 18:55 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ޏ.ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން އެ ސަރަހައްދަށް ފަޔަރފައިޓަރުން ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލާފައި ވަނީ މިރޭ 19:30 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި އެވެ.

View post on Twitter

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަންވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ