logoEN
cocacola
ބީއެމްއެލްގެ އައު ޗެއާޕާސަންއަކަށް ޙަސަން ޒަރީރު!

ބީއެމްއެލްގެ އައު ޗެއާޕާސަންއަކަށް ޙަސަން ޒަރީރު!

އަހުމަދު ޝުރާއު

logo

3/25/2024, 6:01:32 PM

# ބީއެމްއެލް

ބީއެއެމްއެލްގެ އައު ޗެއާޕާސަން

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B, އަލްފާޟިލް ޙަސަން ޒަރީރު އައްޔަންކޮށްފިއެވެ.

ގޮސިޔާ

މި މަގާމަށް ޙަސަން ޒަރީރު އައްޔަންކޮށްފައިވަނީ މިރޭ ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.

ޗެއާޕަސަންގެ އިތުރުން ބޭންކުގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 04-35 ވަނީ އީޖީއެމްގައި އައްޔަންކޮށްފައެވެ.

އަލަށް އައްޔަންކުރި ދެ ޑިރެކްޓަރުންނާއެކު، ބޭންކުގެ ބޯޑު ޑިރެކްޓަރުންނަކީ:

  1. މރ. ކާރލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
  2. އަލްފާޟިލާ ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
  3. އަލްފާޟިލް ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B
  4. އަލްފާޟިލާ ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
  5. އަލްފާޟިލް ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  6. އަލްފާޟިލާ ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
  7. އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 04-35
  8. އަލްފާޟިލް އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
  9. އަލްފާޟިލް އަޙްމަދު މުޙައްމަދު، ގ. އުފާ
  10. އަލްފާޟިލް އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ

ބީއެމްއެލްގެ ޗެއާޕާަސަންއަކަށް މީގެ ކުރިން ހުންނެވީ ޔޫޝައު ސައީދު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ