logoEN
cocacola
މިދިޔަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ!

މިދިޔަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ!

އަހުމަދު ޝުރާއު

logo

4/4/2024, 6:46:58 PM

# ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް :- ފޮޓޯ | އަހުމަދު ޝުރާއު

ވޭތުވެދިޔަ 2023 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރު ކަމަށް އެބޭންކުން ބުނެފި އެވެ.

ގޮސިޔާ

އެކުންފުނީގެ މާލީ ތަފާސްހިބުތައް އާންމުކުރަމުން އެކުންފުނިން މިއަދު ބުނީ ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު އެކުންފުންޏަށް ފައިދާގެ (ސާފު ފައިދާ) ގޮތުގައި 2.07 ބިލިއަށް ލިބިފައިވާ ކަމަށެވެ. މިއާއެކު، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ މަތީ އަދަދު، ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް ދެން ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ހުށަހަޅައި ފާސްކުރުމަށް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

" ބޭންކަށް ރެކޯޑް ނަތީޖާއެއް ހޯދުނުކަމީ އަޅުގަނޑު އުފަލާއެކު ފާހަގަކުރާ ކަމެއް. މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރު. ބޭންކުގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފަ. މިއީ ބޭންކުގެ ތާރީހުގައިވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު." - ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވި އެވެ.

ކާރލް އިތުރަށް ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ. ކަމަށެވެ.

ކާލް އިތުތަށް ވިދާޅުވީ ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދިނުމަށާއި ރާއްޖޭގެ މާލީދާއިރާގެ ހަމަޖެހުން ކަށަވަރުކުރުމުގެ އިތުރު ޒިންމާއާއެކު ބޭންކު ހިންގުމަށް ފާއިތުވި އަހަރު ޑިރެކްޓަރުންގެ ބޯޑުން ދެއްވި ލަފައާއި އިރުޝާދަށް ޝުކުރެއް ދަންނަވާ ކަމަށެވެ. އަދިރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ ބީއެމްއެލްގެ ހީވާގި މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތަށާ އަދި ބޭންކުން ކުރަމުންދާ މަސައްކަތަށް އިތުބާރުކުރައްވާ ހިއްސާދާރުންނަށްވެސް ޝުކުރުއަދާކުރާ ކަމަށް ކާލް ވިދާލުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ