logoEN
cocacola
ދިޔަވަމުންދިޔަ "ފާތިމާ" ނަމަކަށް ކިޔާ ސަފާރީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ދިޔަވަމުންދިޔަ "ފާތިމާ" ނަމަކަށް ކިޔާ ސަފާރީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

އައިޝަތު އިފާޝާ

logo

3/24/2024, 2:19:40 PM

# އެމްއެންޑީއެފް

.

ހުޅުމާލެ ފޭސް 2 ގެ ނެރާ ދިމާ ފަޅުތެރޭގައި އަޅާފައި އޮއްވައި ދިޔަވަމުންދިޔަ ސަފާރީއަކުން ދިޔަހިއްކުމުގައި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ގޮސިޔާ

މި ހާދިސާ ހިނގީ، 80 ފޫޓުގެ "ފާތިމާ" ނަމަކަށް ކިޔާ ސަފާރީގައި ބޭނުންކުރަމުންދިޔަ ޖެނެރޭޓަރު ހަލާކުވުމުގެ ސަބަބުން ކަމުގައި ބެލެވެއެވެ.

އަދި ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް މިއަދު 14:09 ހާއިރު ގުޅައި އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެފައިވެއެވެ.

އެގޮތުން، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް، މިއަދު 14:34 ހާއިރު އެ ސަރަހައްދަށް ގޮސް އެ ސަފާރީން ދިޔަހިއްކުމަށް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އެގޮތުން 14:38 ހާއިރު ޕަންޕުގުޅައި ދިޔަ ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އޭގެއިތުރުން، 16:03 ހާއިރު ދިޔަވުން ކޮންޓްރޯލްކުރެވި، ސަފާރީގައިވާ ވަސީލަތްތައް ބޭނުންކޮށްގެން ފެންމަތިކުރުމުގައި މިއަދު 16:27 ހާއިރު ވާންދެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ