logoEN
cocacola
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޖަރުމަނު އަތުން ފްރާންސް ބަލިވެއްޖެ

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޖަރުމަނު އަތުން ފްރާންސް ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

3/24/2024, 12:36:15 AM

# އިންޓަނޭޝަނަލް ފްރެންޑްލީސް # ފްރާންސް # ޖަރުމަނު

ފްރާންސާއި ޖަރުމަނު ވާދަކުރި މެޗުގެ ތެރެއިިން

ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗެއްގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި 2-0 ގެ ނަތީޖާއަކުން ޖަރުމަނު އަތުން ފްރާންސް ބަލިވެއްޖެ އެވެ. އަދި މިއީ ޖަރުމަނު އަތުން އެޓީމު ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ.

ގޮސިޔާ

ޖަރުމަނު އެންމެ ފަހުން ކުޅުނު ތިން މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާ އިރު، އޭގެތެރެއިން ދެމެޗުން އެޓީމު ބަލިވެފައިވަނީ އިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަޔާ ލޭވަކޫސަންގެ ޒުވާން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް އެވެ.

މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު ޓޯނީ ކްރޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ ޤައުމީ ޓީމުން ރިޓަޔާ ކުރަން ނިންމުމަށްފަހު، އަލުން ޤައުމީ ޓީމަށް ކްރޫސް އެނބުރި އައި ފަހުން އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

2021 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު ކްރޫސް ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފަ އެވެ. ނަމަވެސް، ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަނާއެކު މަޝަވަރާ ކުރުމަށްފަހު، މިދިޔަ ފެބްރުވަރީ މަހު އޭނާ ވަނީ އަލުން ޤައުމީ ޓީމަށް ކުޅެން ނިންމިކަން އިއުލާންކޮށްފަ އެވެ.

ފުރަތަަމަ ހާފުގައި ފްރާންސް ޓީމުގެ ކިލިއަން އެމްބާޕޭ އަދި އުސްމާން ޑެންބެލޭ ގެ އިތުރުން މާކަސް ތުރާމް އަށް ވަނީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ހުސް ފުރުސަތުތަކެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ޖަރުމަނުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާސެނަލްގެ ފޯވާޑް ކައި ހާވަޓްޒް އެވެ. މިއީ އެޓީމުގެ ޒުވާން މިޑްފިލްޑަރު ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ