
ނަރީޝް
މާލެ ސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއަށް ގއ މާމެންދޫއިން ހަމަލާދިން ކަމަށް ބުނާ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިރޭ ވިދާޅުވީ ގއ މާމެންދޫގައި މާލެ ސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަށް ހަަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ފަރާތް ފުލުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި އެމައްސަލަ ތަހުގީގު ކުރަމުން އަންނަކަންވެސް ތަރުޖަމާނު ފާހަގަކުރެއްވި އެވެ.
"ގާފު" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, މާމެންދޫގައި މާލެ ސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަށް ހަަމަލާ ދިން މައްސަލައެއް މިއަދު ހަވީރު 17:00 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރީޝް އަށް ހަމަލާދީފައިވަނީ މަޖިލިސް އިންތިޚާބުގައި ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓްއަށް ތާއީދު ހޯއްދެވުމަށް މާމެންދޫއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ގުޅުންހުރި

ނަރީޝްގެ ޒާޔާއަށް: ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ގޯސްހެއްދެވިނަމަ، 2 އަހަރުވީއިރު އެވާހަކަ ނުދެއްކީ ކީއްވެގެންތޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް 16 އަހަރަށް ޖަލު ހުކުމެއް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ދަރަވަންދޫއިން މީހަކު ހައްޔަރުކޮށްފި




