logoEN
cocacola
ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިނުވާނެ - ރައީސް

ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިނުވާނެ - ރައީސް

އައިޝަތު އިފާޝާ

logo

3/23/2024, 5:00:00 AM

# ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން ފެށި މަޝްރޫއުތައް މި ސަރުކާރުން ނުހުއްޓާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް މިހެން ވިދާޅުވީ, "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. އެގޮތުން ރައީސްވަނީ ކުރީ ސަރުކާރުން ފެށި މަޝްރޫޢުތައް މި ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށް އިދިކޮޅު މީހުން ބުނަމުންދާ ކަން ފާަހަގަކޮށް އެމަޝްރޫޢުތައް ހުއްޓާލީ މިސަރުކާރުން ނޫން ކަމަށް ވިދާޅުވެފައެވެ.

އެ މަޝްރޫއުތައް ހުއްޓިފައިވަނީ އެ މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުނިތަކަށް ފައިސާ ނުދިނުމުން ކަމަށް ރައީސް ވިދާޅުވިއެވެ. އިޤްތިސާދުގައި ހުރި މައްސަލަތައް ހައްލުކުރަމުންދާއިރު ގޮންޖެހުންތަކާއެކު ވެސް އެ ކުންފުނިތަކަށް ދައްކަން ޖެހޭ ބިލްތައް މިސަރުކާރުން ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ކުންފުނިތަކަށް ފައިސާތައް ދައްކާ، އަލުން މަސައްކަތަށް ގެނައުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށާއި, އެގޮތަށް ވަރަށް ގިނަ ރަށްތަކުގައި މަޝްރޫއުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ