logoEN
cocacola
އައިޑީ ކާޑު ހައްދަން ފައިސާދެއްކުމަށް ވައްކަން ކުރި މީހެއްގެ ބަންދަށް 5 ދުވަސް ޖަހައިފި

އައިޑީ ކާޑު ހައްދަން ފައިސާދެއްކުމަށް ވައްކަން ކުރި މީހެއްގެ ބަންދަށް 5 ދުވަސް ޖަހައިފި

އައިޝަތު އިފާޝާ

logo

3/21/2024, 8:37:45 PM

# ފުލުހުން# ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު - ފޮޓޯ: މީސްމީޑިއާ

އައިޑީ ކާޑު ހައްދަން މާލޭގެ ފިހާރައަކުން ވައްކަން ކުރި މީހެއްގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފިއެވެ.

ގޮސިޔާ

މާލޭގެ ފިހާރައެއްގެ ތެރެއިން ބޮޑީ ސްޕްރޭ ފުޅިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނެކެއެވެ. އޭނާ އެފިހާރައިން ހަތަރު ފުޅި ބޮޑީސްޕްރޭ ވަގަށް ނެގި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެމައްސަލައިގައި އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ ވަނީ, ވައްކަން ކޮށްފައިވަނީ އައިޑީ ކާޑު ހައްދަށް ކަމަށް ބުނެފައެވެ.

ކޯޓުގައި އޭނާ ބުނީ އޭނާ އާމްދަނީ ހޯދަން ކުރާ ކަމަކީ މީހުން ކައިރީ އެކި މަސައްކަތްތައް ކުރުން ކަމަށެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އޭނާއަކީ ހައްޔަރުގެ ރެކޯޑު އޮތް މީހެއް ކަމަށާއި އެގޮތުން ތިން ފިހާރައެއް ބަންދުކޮށްފައި ހުއްޓައި އެތަނަށް ވަގަށް ވަނުމާއި ވައްކަން ކުރުމުގެ ރެކޯޑް އޮތް ކަމަށެވެ.

މިފަހަރު އޭނާ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާއިރު، މައްސަލަ ބެއްލެވި ގާޟީ ނިންމެވީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އޮތް ކަމަށެވެ.

އެހެންވެ، އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ