
އިންޑޮނޭޝިޔާގެ އިންތިހާބީ ރައީސް
ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި މަޝްރޫރު ވެފައިވާ އިންޑޮނޭޝިއާގެ ރައީސްގެ މަގާމަށް އެގައުމުގެ ދިފާއީ ވަޒީރު ޕްރަބޯވޯ ސުބިއަންޓޯ އިންތިހާބުވެވަޑައިގެންފި އެވެ.

ޒަމާނުއްސުރެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުތަކުގައި ޖެހިވަޑައިގެން ހުންނެވި ކުރީގެ ޖެނެރަލް ޕްރަބޯވޯ ލިބިވަޑައިގެންނެވީ 58.59 އިންސައްތަ ވޯޓެވެ.
އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމާއި އެކު އިންތިހާބުގައި ދެން ވާދަކުރެއްވި އަނީސް ބަސްވެދާން އާއި ގަންޖަރު ޕްރަނޯވޯ ވަނީ އިންތިހާބުގެ ނަތީޖާ ބަލައިނުގަންނަ ކަމަށާއި ނަތީޖާއަށް ޗެލެންޖު ކުރައްވާނެ ކަން ހާމަކުރައްވާފައި އެވެ. މިއާއި އެކު އިންތިހާބީ ރައީސް ޕްރަބޯވޯ ވަނީ އެއްބައިވަންތަ ވެރިކަމެއް ކުރެއްވުމުގެ ޖާގަ ދެއްވުމަށް އެދެބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޕްރަބޯވޯގެ ވޯޓު ވަނީ ރަންއޮފް އިން ސަލާމަތްވުމަށް ބޭނުންވާ އަޣުލަބިއްޔަތަށް ވުރެ އިތުރުވެފަ އެވެ. އަނީސް އަށް ލިބިފައިވަނީ 25 ޕަސެންޓް އަދި ގަންޖާރަށް 16 ޕަސެންޓެވެ.
ޕްރަބޯވޯ ވެރިކަމާ ހަވާލުވާނީ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސް ޖޯކޯ ވިޑޯޑޯގެ އަތްޕުޅުން ނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވި މި އިންތިހާބަކީ ދުނިޔޭގައި އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ވޯޓު ލި އެންމެ ބޮޑު އިންތިހާބެވެ.
ގުޅުންހުރި

ފިލިޕީންސްގެ ކުރީގެ މޭޔަރު އެލިސް ގުއޯ އިންޑޮނޭޝިއާއިން ހައްޔަރުކޮށްފި

އިންޑޮނޭޝިއާއަށް ކުރަމުން އަންނަ ވިއްސާރާގައި 15 މީހުން މަރުވެއްޖެ

އިންޑޮނޭޝިޔާގެ ރައީސްއަކަށް އެގައުމުގެ ޑިފެންސް މިނިސްޓަރު އިންތިހާބުވެއްޖެ
