logoEN
cocacola
ދިއްލީގެ ޗީފް މިނިސްޓަރު ހައްޔަރުކޮށްފި

ދިއްލީގެ ޗީފް މިނިސްޓަރު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

3/21/2024, 6:39:07 PM

# އިންޑިއާ

އަރްވިންދު ކެޖްރިވާލް

އިންޑިއާގެ މަޝްހޫރު އިދިކޮޅު ސިޔާސީ ލީޑަރު އަދި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް އިންޑިއާގެ ފައިނޭންޝަލް ކްރައިމް އެޖެންސީން ހައްޔަރުކޮށްފައިވާ ކަމަށް އޭނާގެ ޕާޓީން ބުނެފި އެވެ.

ގޮސިޔާ

އޭނާ ހައްޔަރުކޮށްފައިވަނީ ރާ ވިއްކުމުގައި އެ ސިޓީގެ ސިޔާސަތުތަކާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ކެޖްރިވާލާއި އޭނާގެ ޕާޓީ، އާދުމީ ޕާޓީ (އޭއޭޕީ) އިން ވަނީ އެއްވެސް ކުށެއް ކޮށްފައި ނުވާ ކަމަށާއި އެ މައްސަލައަކީ ސިޔާސީ މަގްސަދެއްގައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެފަ އެވެ.

މި މައްސަލަ އަކީ 2022 ވަނަ އަހަރު ދިއްލީ ސަރުކާރުން ހިންގި ރާ ވިއްކުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ މޮނޮޕޮލީ ނިމުމަކަށް ގެނައުމުގެ ސަބަބުން އަމިއްލަ ރީޓެއިލަރުންނަށް ނާޖާއިޒު ފައިދާތަކެއް ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އޭނާ ހައްޔަރުކޮށްފައި މިވަނީ އެގައުމުގެ އާންމު އިންތިހާބުގެ ވޯޓުލުން ފެށުމަށް ދުވަސްކުޑަތަން ވެފައިވާ ދަނޑިވަޅެއްގައި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެންފޯސްމަންޓް ޑައިރެކްޓްރޭޓް އެޖެންސީގެ ފުލުހުން ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކެޖްރިވާލް ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ފަށާފައި އެވެ. އަދި މިވަގުތާއި ހަމައަށް އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ