logoEN
cocacola
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި ދެކޮޅަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓު ނާކާމިޔާބު!

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި ދެކޮޅަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓު ނާކާމިޔާބު!

އަހުމަދު ޝުރާއު

logo

3/21/2024, 6:10:17 PM

# ސްރީލަންކާ

ލަންކާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރްދަނާ ދެކޮޅަށް އެގައުމުގެ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓު ނާކާމިޔާބުވެއްޖެ އެވެ.

ގޮސިޔާ

މިއަދު އެގައުމުގެ މަޖިލީހުގެ ކުރިޔަށް ގެންދިޔަ މި ވޯޓު ނާކާމިޔާބުވެފައިވަނީ 42 ވޯޓުންނެވެ. އެގޮތުން އިތުބާރު ނެތް ކަމަށް 75 މެމްބަރަކު ވޯޓު ދިން އިރު 117 މެމްބަރަކު ވަނީ އިތުބާރު އޮތް ކަމަށް ވޯޓު ދީފައި އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ވޯޓަށް އަހާފައިވަނީ ތިން ދުވަހުގެ ބަހުސަކަށް ފަހު އެވެ.

މި ވޯޓު ކުރިޔަށް ދިޔަ އިރު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް އެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ނާކާމިޔާބުވިކަން އިއުލާނު ކުރުމާ އެކު މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ ވަނީ މަޖިލީހުގެ ރައީސްގެ ގޮނޑިއާ ހަވާލުވެ ބަޔާނެއް ދެއްވާފަ އެވެ.

މަހަންދަ ރާޕާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ އިސްވެ ހުންނަވައިގެން އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ ސޮއާއިއެކު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެވެ. އެގޮތުން މި މައްސަލަ އިދިކޮޅުން ހުށަހެޅީ ސުޕްރީމް ކޯޓުގެ ޝަރުތުތަކާ ހިލާފަށް އޮންލައިން ސޭފްޓީ ބިލް ފާސްކުރުމުން ކަމަށް އިދިކޮޅުން ވަނީ ބުނެފައި އެވެ.

މަހިންދަ ޔާޕާ އެގައުމުގެ މަޖިލީހުގެ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވީ 2020 ވަނަ އަހަރު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ