
ޑްރޯން ގަތުމުގެ ތަފްސީލުތައް ހާމަނުކުރަނީ ގައުމީ ސަލާމަތަށްޓަކައި - ރައީސް
# ރައީސް މުއިއްޒު# އަސްކަރީ ޑްރޯން-
ރާއްޖެ އަށް އަސްކަރީ ޑްރޯން ގަތުމުގައި ހިނގާފައިވާ މުއާމަލާތުގެ ތަފްސީލުތައް ހާމަނުކުރަނީ ގައުމީ ސަލާމަތަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

'މިހާރު' ނޫހަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޑްރޯން ކަންތަކުގައި ވެސް އަދި އެހެން މަޝްރޫއެއްގައި ވެސް ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ނޯންނާނެ ކަމަށާއި، އެ މުއާމަލާތަކީ ގައުމީ ސަލާމަތާ ސީދާ ގުޅިފައި އޮތް ކަމެއް ކަމަށެވެ. އަދި އެކަމުގެ ތަފްސީލްތައް ހާމަނުކުރަނީ ދިފާއީ ވުޒާރާއިންވެސް އެގޮތަށް ލަފާދެއްވާފައިވާތީކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ޑްރޯން ގަތް އަދަދުތައް ސަރުކާރުން ހާމަކޮށްފައި ނުވާތީވެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ.
"ތި ޑްރޯން ކަންތަކުގައި ވެސް އަދި އެހެން މަޝްރޫއެއްގައި ވެސް (ކޮރަޕްޝަން) ނޯންނާނެ. ދެން މިއީ ގައުމީ ސަލާމަތާ ސީދާ ގުޅިފައި އޮތް ކަމެއް. ދެން މީޑިއާތަކުން އެކި އަދަދު އެބަ ކިޔާ، ޑްރާންތަކުގެ އަދަދު ވެސް،" - ރައީސް ވިދާޅުވި އެވެ.
"އެމްއެންޑީއެފްއިން ޗީފް އޮފް ޑިފެންސް ވެސް، ދެން ތިއްބެވި ޖެނެރަލުންް އަދި މިނިސްޓަރުން ވެސް ހުރިހާ ބޭފުޅުން ދެއްވި ލަފައަކީ، އަޅުގަނޑުމެން ޑްރޯންތަކުގެ އަދަދު ވެސް ރަސްމީކޮށް އެއްވެސް ފަރާތަކަށް ދަންނަވައިގެން ނުވާނެ އޭ" - ރައީސް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އެއާ ކޯގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ތުރުކީން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2"ގެ ޑްރޯންތަކެކެވެ. މި ޑްރޯންތައް އޮޕަރޭޓް ކުރަނީ މިކަމަށް ތަމްރީނުކޮށްފައިވާ އެއާ ކޯގެ ސިފައިންނެވެ.
ގުޅުންހުރި

ރައީސް މުއިއްޒު އަކީ ފޭރާން ހެޔޮ މުޖުތަމައުއެއް ބިނާކުރަން މަސައްކަތް ކުރައްވާ ވެރިޔެއް - މުޖުތަބާ

މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެ

ޤަވާއިދުން މަސްވެރިންނަށް ފައިސާ ދޭތާ 4 މަސް ވެއްޖެ ، މިހާތަނަށް 470 މިލިއަން ރުފިޔާ ދޫކޮށްފިން - ރައީސް
