
72 ކިލޯ ޑްރަގް މައްސަލަ: އިރުފާން ދޫކޮށްލީ ގޯސްކޮށް، ބަންދުކުރަން އަމުރުކޮށްފި
# މަސްތުވާތަކެތީގެ މައްސަލައިރުފާން ތަގިއްޔު އަދި އޭނާގެ ވަކީލު ސުޕްރީމް ކޯޓުގައި-
2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެއްކަމަށް ތުހުމަތުކުރާ ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް އޭނާ ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާއިރު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ދެ ފަހަރަކު އަމުރުކުރިިއިރު، އޭގެ ތެރެއިން އެންމެ ފަހުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް ތާއިދުކޮށް އިރުފާން ބަންދުން ދޫކޮށްފައިވަނީ ރަނގަޅަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރުމުން މިއަދު އިއްވި ހުކުމްގައި ވަނީ އިރުފާން ތަގިއްޔު ރިމާންޑް ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ވެސް ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ހުކުމްގައި ބުނީ ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހާގެ ރިމާންޑް ބަންދު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތިން މުރާޖައާކުރުމުގައި ވެސް ފަނޑިޔާރު ތަތުބީގުކުރަންވާނީ މީގެކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ކަމަށެވެ.
ގުޅުންހުރި

2.52 ގްރާމްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ





