![ކުރިއަށް އޮތް 2 އަހަރު ތެރޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރާނަން - އިޙްސާން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F3%2FGJGDe1gWsAAlYW2.jpg&w=3840&q=75)
ކުރިއަށް އޮތް 2 އަހަރު ތެރޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރާނަން - އިޙްސާން
# އަލީ އިހްސާންދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް އޮތް 2 އަހަރުތެރޭ ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރައްވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ވަޒީރު އިޙްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު އިޙްސާން ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، ރާއްޖޭގައި ޕޮލިސް ސްޓޭޝަން ނެތް 46 ރަށެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މިރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ޤާއިމް ކުރުމަށްޓަކައި ތާވަލެއް މިހާރު އެކުލަވާލައްވާފައިވާ ކަމަށާއި، އަމާޒަކީ 2027ގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބައެއް ރަށްރަށުގައި ކުއްޔަށް ތަންތަން ހިފައިގެން ޕޮލިސް ސްޓޭޝަންތައް މިހާރުވެސް ހިންގަމުންދާ ކަމަށާއި، އެފަދަ ރަށްރަށުގައި ސަރުކާރުން ޕޮލިސް ސްޓޭޝަންތައް ތަރައްޤީކުރައްވާނީ، މިހާރު ޕޮލިސް ސްޓޭޝަންތައް ނެތް ރަށްރަށުގައި އެޚިދުމަތް ފެށްޓެވުމަށްފަހު ކަމަށެވެ.
"އެގްޒިސްޓިންގ ޕޮލިސް ސްޓޭޝަންތައް އެކި ގޮތްގޮތުން އެއީ ކައުންސިލް އިދާރާއިން ދީފަ ހުރި ތަންތަނާއި، އަމިއްލަ ފަރާތްތަކުން ކުއްޔަށް ތަންތަން ހިފައިގެންނާއި، ހެދިފަހުރި ޕޮލިސް ސްޓޭޝަންތައް އެބަހުރި، އެތަންތަން ޕްރިއޮރިޓީ 2 އަށް މިއަންނަނީ، ސަބަބަކީ މިވަގުތުވެސް ފުލުހުންގެ ޚިދުމަތް ދެމުން އަންނާތީ، އެހެންނަމަވެސް އެތަންތަންވެސް އަމާޒަކީ ދާއިމީ ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ ރަށްރަށުގައިވެސް ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުމަށް ތާވަލެއް އެކުލަވާލެއްވުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށެވެ. ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވިދާޅުވީ ޕޮލިސް ސްޓޭޝަންތައް ކޮންކްރީޓު ސްޓްރަކްޗަރގެ ގޮތުގައި ތަރައްޤީކުރުމަކީ އަގުބޮޑު ކަމަކަށްވާތީ، ޕްރީ ފެބްރިކޭޓެޑް ޑިޒަައިނަށް ޕޮލިސް ސްޓޭޝަންތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
"ޕްރީ ފެބްރިކޭޓެޑް ޑިޒައިންތަކެއް މިހާރު ޑިޒައިންކުރުމުގެ މަސައްކަތް ދަނީ ކުރިއަށް، އެހެންވީމާ ކޮންޓެއިނަރައިޒްކޮށާއި، އޭގެ އިތުރަށް ޕްރީ ފެބްރިކޭޓެޑް ޑިޒައިނަށް ބަލައިގެން ޕްރީ ފެބްކޮށް ހެދޭ ސްޓަރަކްޗަރއެއްގޮތަށް ތަންކޮޅެއް ޚަރަދު ކުޑަކޮށް އަވަހަށް ގާއިމްކުރުމަށް މި މަސައްކަތްކުރަނީ،" ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައި ނުވާ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ދަނީ މެދުކެނޑުމެއްނެތި ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ ހަފުތާ 14 ގައި ހުޅުވަން ހަމަޖެހިފައިވާ 19 ޕޮލިސް ޕޯސްޓު ހުޅުވައި، ވަނީ ޚިދުމަތްދޭން ފަށާފައެވެ.
ގުޅުންހުރި
![ކަސްޓަމްސްއިން ދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުން ގަބޫލުކުރާ ފަދަ ޚިދުމަތްތަކަށް ވާންވާނެ: ވަޒީރު](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2F469780108_960468006106523_8938135900125965644_n-1733889125483.webp&w=3840&q=75)
ކަސްޓަމްސްއިން ދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުން ގަބޫލުކުރާ ފަދަ ޚިދުމަތްތަކަށް ވާންވާނެ: ވަޒީރު
![އިހްސާން ފައްޔާޒަށް: ކޮންމެ ކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުން ވަރަށްވެސް ޢައިރު ޒިންމާދާރު!](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2Fphoto_2024-11-30%2020.52.58.jpeg&w=3840&q=75)
އިހްސާން ފައްޔާޒަށް: ކޮންމެ ކަމެއް ސިޔާސީ ކުޅިވަރަކަށް ހެދުން ވަރަށްވެސް ޢައިރު ޒިންމާދާރު!
![ރައީސްގެ ތަސައްވުރަކީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުން - އިހްސާން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2F082A8889%20(2).webp&w=3840&q=75)
ރައީސްގެ ތަސައްވުރަކީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުން - އިހްސާން
![ރައީސް މަސައްކަތް ކުރައްވަނީ މީގެކުރީގެ ސަރުކާރުތަކުން އަތްލާން ނުކެރިފައިވާ ޤައުމީ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް: އިހްސާން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2F361797_d82306e9-7_-1731825992072.webp&w=3840&q=75)