.jpg&w=3840&q=75)
ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާރުލުން ބޭނުންވޭ - ނައިބު ރައީސް
# ނައިބު ރައީސް# ހުސެއިން މުހައްމަދު ލަތީފުނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް --
ދިވެހި އަދަބިއްޔާތުގައި ހިމެނޭ ޅެންވެރިކަން ފަދަ ފަންނުތައް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ފަރުދުންގެ އެއްބާރުލުން ވަރަށްމުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސް ގެ ޕޯސްޓުގައި ވަނީ ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މިފަންނުގައި ޙަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ. އަދި ޤައުމިއްޔަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ދިވެހި އަދަބިއްޔާތުގައި ހިމެނޭ ޅެންވެރިކަންފަދަ ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާލުން ވަރަށް މުހިންމުކަމަށްވެސް ވިދާޅުވިއެވެ.
ޅެންވެރިކަމާއި ދިވެހި އަދަބިއްޔާތުގައި ހިމެނޭ ފަންނުތައް ދިރުވާ އާލާކޮށް ކުރިއެރުވުމަށް ސަރުކާރުން ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ޚާއްސަ ވުޒާރާއެއް އުފައްދަވާފައެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިހާރުވެސް އަންނަނީ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޤައުމިއްޔަތާ ގުޅުންހުރި ކޮލެޖެއް އުފެއްދެވުމާއި ޤައުމިއްޔަތުގެ ބަހާތައް ދިރާސާކުރުމަށް ޤައުމީ މަރުކަޒެއް އުފައްދަވާ ދިރާސާތައް ފެށުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ގުޅުންހުރި

ނައިބު ރައީސް، ޗައިނާ ސަފީރާއި ބައްދަލުކުރައްވައިފި

ނައިބު ރައީސް ، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހަވާއީ ގްރީން އިންފްރާސްޓްރަކްޗަރ އޮތޯރިޓީގެ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރައްވައިފި
