logoEN
cocacola
ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން - ޒަމީރު

ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން - ޒަމީރު

އަހުމަދު ޝުރާއު

logo

3/20/2024, 5:49:26 PM

# މިނިސްޓަރ ޒަމީރު# ފޮރިން މިނިސްޓްރީ

މިނިސްޓަރ ޒަމީރު

"ޑިމޮކްރަސީ ފޯ ފިއުޗާ ޖެނެރޭޝަންސް" މި ޝިއާރުގެ ދަށުން ކޮރެއާ ސަރުކާރުން ބޭއްވި "ތިންވަނަ ސަމިޓް ފޯ ޑިމޮކްރަސީ" ގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ތަގުރީރު ކުރައްވައިފި އެވެ.

ގޮސިޔާ

ޚާރިޖީ ވަޒީރު ޒަމީރުގެ ވާހަކަފުޅުގައި، ޑިމޮކްރަސީއާއި އަދުލުއިންޞާފާއި ހަމަހަމަކަމުގެ އުޞޫލުތައް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ވަކިން ޚާއްޞަކޮށް، މިނިވަން މަދަނީ ޖަމްޢިއްޔާއެއް ޤާއިމުކޮށް، ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ޢަދުލު އިންޞާފު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް މިނިސްޓަރ ޒަމީރު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ޒުވާނުން ބާރުވެރިކުރުވުމަށާއި، ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުމަށް އިސްކަންދީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް މިނިސްޓަރ ޒަމީރު އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، އަދުލު އިންޞާފު ޤާއިމުކުރުމަށް ހަމަހަމަކަމާއެކު ޢަދުލު އިންޞާފު ޤާއިމުކުރުމުގެ މަޤްޞަދުގައި ގެންނަ އިސްލާޙުތައް ތަންފީޒުކުރުމުގައި ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ފައިދާހުރި އެއްބާރުލުން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ރާއްޖޭގެ ކޯޓުތަކުގެ ނިޒާމު އަލުން އެކުލަވައިލެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް އިންތިޒާމްކޮށްގެން ބާއްވާ ތިންވަނަ ސަމިޓް ފޯ ޑިމޮކްރަސީ އަކީ މި މަހުގެ 18 އިން 20 އަށް ދެކުނު ކޮރެއާގެ ސޯލްގައި ބާއްވާ ސަމިޓެކެވެ. ސަމިޓް ފޯ ޑިމޮކްރަސީއަކީ އެމެރިކާއިން އިސްނަގައިގެން ކުރިއަށް ގެންދާ ސަމިޓެކެވެ. މި ސަމިޓް އެންމެ ފުރަތަމަ ފަށާފައިވަނީ 2021 ވަނަ އަހަރު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ