logoEN
WAMCO TOP 1
ތިލަފުށި ފޭސް 2 އިން ވިޔަފާރި ބޭނުމަށް ބިން ގަތުމަށް ހުޅުވާލައިފި

ތިލަފުށި ފޭސް 2 އިން ވިޔަފާރި ބޭނުމަށް ބިން ގަތުމަށް ހުޅުވާލައިފި

އައިޝަތު އިފާޝާ

logo

3/20/2024, 4:15:47 PM

# ތިލަފުށި# އެޗްޑީސީ

ތިލަފުށި

ތިލަފުށީގެ ސިނާޢީ ބޭނުންތަކަށް ޚާއްސަކޮށްފައިވާ ސަރަޙައްދުން ބިން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ހުޅުވާލައިފިއެވެ.

THE TRAVELLER AD

އެޗް.ޑީ.ސީއިން ވަނީ އޮންލައިންކޮށް އެޕްލައިކުރެވޭގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލް (https://bids.hdc.mv/) ގައި ރަޖިސްޓްރީވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލާފައެވެ.

އެގޮތުން ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް އެޗް.ޑީ.ސީއިން ހުށަހަޅާފައިވެއެވެ.

ތިލަފުށިން ވިއްކާ ޕްލޮޓްތަކުގެ ސައިޒާއި ޢަދަދު:
  1. 2،500 - 4،999 އަކަފޫޓުގެ 64 ޕްލޮޓް
  2. 5،000 - 9،999 އަކަފޫޓުގެ 42 ޕްލޮޓް
  3. 10،000 - 14،999 އަކަފޫޓުގެ 2 ޕްލޮޓް

ތިލަފުއްޓަކީ މާލެ ސަރަޙައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްޤީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުންދެއެވެ.

އެޗް.ޑީ.ސީއިން ބުނީ ކުރިއަށް އޮތްތަނުގައި އިންޓަރނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާއެކު، މުދާ ކްލިއަރ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެއެވެ. މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވާނެކަމަށްވެސް އެ ކޯރޕަރޭޝަނުން ބުންޏެވެ.

ތިލަފުށްޓަކީ ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްޤީކުރަމުން އަނަން އަނަން ރަށެކެވެ.

އެޗް.ޑީ.ސީއިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށްކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC