logoEN
cocacola
އިންޑިއާގެ އިމާރާތެއް ވެއްޓި 10 މީހުން މަރުވެއްޖެ

އިންޑިއާގެ އިމާރާތެއް ވެއްޓި 10 މީހުން މަރުވެއްޖެ

އަހުމަދު ޝުރާއު

logo

3/19/2024, 5:39:09 PM

# އިންޑިއާ

އިންޑިއާގެ އިމާރާތެއް ވެއްޓުން

އިންޑިއާގެ ކޮލްކަތާގެ އިމާރާތެއް ވެއްޓި މަރުވި މީހުންގެ އަދަދު 10 އަށް އަރައިފި އެވެ.

ގޮސިޔާ

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ވެއްޓިފައިވަނީ އެގައުމުގެ ކޮންސްޓްރަކްޝަން އުސޫލުތަކާއި ހިލާފަށް ބިނާކުރި 5 ބުރީގެ އިމާރާތެކެވެ. އެގޮތުން އިމާރާތް ވެއްޓި ބިމާ ހަމަވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އިމާރާތް ވެއްޓުނު އިރު އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްވެސް ކުރިޔަށް ދިޔަ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާއިރު އަދިވެސް 2 މީހަކު ނުފެންނަ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އަދި 17 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށްވެސް ރިޕޯޓުތައް ބުެނެއެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި 2 އަންެހުންވެސް ހިމެނޭ ކަމަށާއި އެއީ އިމާރާތް ވެއްޓުނު އިރު އެސަރަހައްދުގެ އެހެން ގެަތަކެއްގައި ތިބި ބައެއް ކަމަށެވެ.

މިހާދިސާގެ ތަހުގީގެއް މިހާރު ފުލުހުން ކުރަމުން އަންނަ އިރު އެގައުމުގެ ބައެއް ނޫސްތަކަށް ފުލުހުން މައުލޫމާތު ދިން ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް މިހާތަނަށް ބެލެވިފައިވަނީ އިމާރާތްކުރުމުގެ ހުއްދަ ދިން ކުރެހުމާއި ހިލާފަށް ބޮޑެތި ބަދަލުތަކެއް އިމާރާތަށް ގެނެސްގެން އިމާރާތްކުރަމުން ދިޔުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ