logoEN
cocacola
އިންޑިއާގައި ތަރާވީހް ނަމާދު ކުރަން ތިބި ދަރިވަރުންތަކަކަށް ހިންދޫންގެ ބަޔަކު ހަމަލާދީފި

އިންޑިއާގައި ތަރާވީހް ނަމާދު ކުރަން ތިބި ދަރިވަރުންތަކަކަށް ހިންދޫންގެ ބަޔަކު ހަމަލާދީފި

އަހުމަދު ޝުރާއު

logo

3/17/2024, 7:03:34 PM

# އިންޑިއާ

އިންޑިއާގެ ޔުނުވާސިޓީއެއްގައި ޖަމާއަތުގައި ތަރާވީހް ނަމާދު ކުރަން ތިބި ދަރިވަރުންތަކަކަށް ހިންދޫ ދީނުގެ ބަޔަކު ހަމަލާދިނުން.

އިންޑިއާގެ ޔުނުވާސިޓީއެއްގައި ޖަމާއަތުގައި ތަރާވީހް ނަމާދު ކުރަން ތިބި ދަރިވަރުންތަކަކަށް ހިންދޫ ދީނުގެ ބަޔަކު ހަމަލާދީފި އެވެ.

ގޮސިޔާ

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ހުޅަނގު ގުޖުރާތު ސްޓޭޓްގެ ޔުނިވާސިޓީއެއްގެ ހޮސްޓެލަކަށް ހިންދޫންގެ ހަރުކަށި ފިކުރުގެ ބަޔަކު ވަދެ، ރަމަޟާން މަހުގެ ތަރާވީހް ނަމާދު ކުރަމުން ދިޔަ ދަރިވަރުންގެ ގްރޫޕަކަށް ހަމަލާދީ ހަތަރު ދަރިވަރަކު ވަނީ ޒަހަމްކޮށްލާފައި އެވެ. އެގޮތުން ޒަހަމްކޮށްލާފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދަރިވަރުންތަކެއް ނޫންކަމަށްވެސް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ހަމަލާދިން އިރު ނަމާދުކުރަން ތިބި ބައެއް ދަރިވަރުން އެގައުމުގެ ނޫސްތަކުން މައުލޫމާތު ދެމުން ބުނީ އަހްމަދުއާބާދުގައި ހުންނަ އެ ޔުނިވާސިޓީ ކެމްޕަހުގައި މިސްކިތެއް ނެތުމުން ހޮނިހިރު ދުވަހުގެ ރޭ ރަމަޟާން މަހުގެ ތަރާވިހް ނަމާދު ކުރީ ހޮސްޓަލްގެ ކޮމްޕައުންޑުގެ ވަކި ތަނެއްގައި ކަމަށެވެ. އެގޮތުން ނަމާދު ފެށިތާ މާގިނަ އިރުތަކެއް ނުވެ ބޭރުން އައި ގްރޫޕެއް ވަދެ ލަޓިބުރިންނާއި ވަޅުން ނަމާދުކުރަން ތިބި ދަރިވަރުންނަށް ހަމަލާދޭން ފެށީ ކަމަށްވެސް އެދަރިވަރުން ބުނެއެވެ. އަދި އެދަރިވަރުންގެ ކޮޓަރިތަކެއްވެސް ވަދެ ކޮޓަރީގައި ހުރި ތަކެައްޗަށްވެސް އެމީހުން ގެއްލުން ދިން ކަމަށް އެދަރިވަރުން ބުނެއެވެ.

އެގޮތުން ހަމަލާދިނުމުގެ ކުރިން ހިންދޫންގެ ހަރުކަށި ފިކުރުގެ 3 މީހަކު އައިސް އެތަނުގައި ނަމާދުނުކުރުމަށް އިންޒާރު ދިން ކަމަށާއި ނަމަވެސް ކުޑައިރުކޮޅެއް ފަހުން 250 އެއްހާ މީހުން އައިސް މާރާމާރީ ހިންގަން ފެށީ ކަމަށްވެސް ދަރިވަރުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ނަމަވެސް އެސަރަހައްދުގެ ޕޮލިސް ކޮމިޝަނަރ ބުނީ ހަމަލާދޭން އައީ 20-30 ވަރަކަށް މީހުން ކަމަށާއި މާރާމާރީ ހިނގި ދެފަރާތުގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަސް ސްޓޭޓް ކަމަށްވާ ގުޖުރާތުގެ ލޯކަލް ފުލުހުން ގުޖުރާތު ޔުނިވާސިޓީއަށް ދިން ހަމަލާއާ ގުޅިގެން ތަހުގީގެއް ކުރަމުންދާ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ވަނީ ބުނެފައި އެވެ.

މި މާރާމާރީގައި އަނިޔާވި ދަރިވަރުންގެ ތެރޭގައި އެފްރިކާގެ ގައުމުތަކާއި އަރަބި ބައެއް ގައުމުތަކުގެ ދަރިވަރުން ހިމެނޭކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގައި މުސްލިމުންނަށް ހިންދޫ ދީނުގެ މީހުން ހަމަލާދިނުން ވަނީ އާންމުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ