logoEN
Sto top
މީހެއްގެ އެކައުންޓުން  1.8 މިލިއަން ރުފިޔާ ނެގި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

އަލްފާ އަލީ

logo

3/17/2024, 10:01:17 AM

# ފުލުހުން# މަކަރާއި ހީލަތުގެ މައްސަލަ

-

މަކަރާއި ހީލަތުން އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކުރަންއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

Wamco

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ، މިދިޔަ މަހުގެ 13ވަނަ ދުވަހު މީހެއްގެ އެކައުންޓުން އެކި ފަހަރު މަތިން 2 އެކައުންޓަކަށް 1.8 މިލިއަން ރުފިޔާ ޓްރާންސްފަރ ކޮށްފައިވާ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށެވެ. މި މައްސަލާގައި ހިމެނޭ 1.8 މިލިއަން ރުފިޔާގެ ތެރެއިން މުދަލާ ފައިސާ ހިމެނޭހެން 1.6 މިލިއަން ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގެ އިތުރުން ޖަމިއްޔާއެއްގެ އެކައުންޓަކުން އޮޅުވާލައިގެން 5 ލައްކައަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުން ވިދާޅުވީ، އެ ފައިސާ ހޯދުމަށް ފޯނުކޯލުކޮށްފައިވަނީ މާފުށި ޖަލުން ކަމަށެވެ. މި މައްސަލައިގެ ތަހުގީގުން އެ ފައިދާ 40 މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ. އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ މި މައްސަލައާ ގުޅިގެން މާފުށި ޖަލު ބަލައިފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ހޯދިފައިވާ ކަމަށެވެ.

ޖަލު ބަލައި ފާސްކޮށް 22އަށް ވުރެ ގިނަ ސްމާޓް ފޯނާއި، ސިމް ކާޑުތަކާއި، ސްޓޯރޭޖު ޑިވައިސްތަކާއި، ބެޓްރިއާއި، ޕަވަރބޭންކާއި ހެޑުސެޓުފަދަ އާލާތްތައްވެސް ފެނުނުކަމަށް އޭނާ ވިދާޅުވި އެވެ.

މި ދެ މައްސަލައިގެ އިތުރުންވެސް ފުލުހުން ތަހުގީގުކުރަމުން އަންނަ އާރުޑީސީ ހިޔާނާތާއި ގުޅިގެން ލޫތު ވިދާޅުވީ، މި މައްސަލާގައި ތުހުމަތުކުރެވޭ 3 މީހަކާ ސުވާލުކޮށް ތަހުގީގުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19ގެ ތެރޭގައި އެ ކުންފުނީގެ ފައިސާ އެކުންފުނީގެ އިސް ވެރިންގެ އެކައުންޓަށް ޖަމާކޮށް ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ލޫތު ވިދާޅުވި އެވެ. ލޫތު އިތުރަށް ވިދާޅުވީ މި ފައިސާއަށް ހިޔާނަތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC