logoEN
cocacola
ވެމްކޯއިން މިއަދު އެކަނިވެސް މާލޭގެ މަގުތަކުން 40 ޓަނުގެ ކުނި ނަގައިފި

ވެމްކޯއިން މިއަދު އެކަނިވެސް މާލޭގެ މަގުތަކުން 40 ޓަނުގެ ކުނި ނަގައިފި

# ވެމްކޯ

ވެމްކޯގެ މުވައްޒަފުން މާލޭގެ މަގުތަކުގައި އުކާލާފައިވާ ކުނި ނެގުމުގެ މަސައްކަތް ކުރަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު އެކަނިވެސް މާލޭގެ މަގުތަކުން 40 ޓަނުގެ ކުނި ނަގައިފިއެވެ.

ގޮސިޔާ

ވެމްކޯއިން ބުނެގައިވާ ގޮތުގައި މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށް ސިޓީ ކައުންސިލްގެ މެންޑޭޓަށް ވާގިވެރިވެދިނުމުގެ ގޮތުން ވެމްކޯއިން ހާއްސަ ރެސްޕޯންސް ޓީމެއް އެކުލަވާލާ, މާލޭގެ މަގުތައް ސާފުކުރުމަށް މިއަދު ކުރެވުނު މަސައްކަތުގެ ތެރެއިން 25 ސަރަހައްދަކުން ވަނީ ކުނި ނެގުމުގެ މަސައްކަތް ކޮށްފައެވެ.

އެގޮތުން އެ ސަރަހައްދުތަކުން 50 އަށްވުރެ ގިނަ ދަތުރުކޮށްގެން 40 ޓަނުގެ ކުނި ސާފުކުރެވިފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

ރޯދަމަހާ ދިމާކޮށް މާލެސަރަހައްދުގެ މަގުތަކަށް އުކާލާފައިވާ ކުނިތައް ނަގައި ސާފުކުރުމަށްވެސް ވެމްކޯއިން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ