logoEN
cocacola
ރަށުން ބޭރުގައި ބްރައިޓަން އަތުން ބަލިވި ނަމަވެސް ރޯމާ ކުއާޓާ ފައިނަލަށް

ރަށުން ބޭރުގައި ބްރައިޓަން އަތުން ބަލިވި ނަމަވެސް ރޯމާ ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

3/15/2024, 9:37:35 AM

# ރޯމާ# ބްރައިޓަން # ޔުއެފާ ޔޫރޮޕާ ލީގު

ބްރައިޓަން މެޗަށްފަހު ރޯމާ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުއެފާ ޔޫރޮޕާ ލީގު ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ބްރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ޕްރެމިއާ ލީގުގެ ބްރައިޓަން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ރޯމާއިން މުބާރާތުގެ ކުއާޓާ ފައިނަލު ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

މިދެޓީމު ރޯމާގެ ދަނޑުގައި ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ރޯމާއިން ކާމިޔާބުކޮށްފައި ވާއިރު، މިނަތީޖާއާއެކު އެޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބުނު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ބްރައިޓަން އިން މެޗު ޑޮމިނޭޓުކުރި އިރު މި ހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ރޯމާގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު އެޓީމަށް ލީޑު ހޯދުނީ ފުރަތަަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ޑެނީ ވެލްބެކް އެވެ. މިއީ އެޓީމުގެ އެކުއެޑޯ ޑިފެންޑަރު ޕަރވިސް އެސްޓުޕިނަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބްރައިޓަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ބްރައިޓަން އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި ވެސް އެޓީމުން ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ރޯމާގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު އެޓީމަށް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބްރައިޓަން ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ