
-
ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އަތޮޅު އިހްޔާ ފޯރަމް ތަކުގެ ތެރެއިން މިރޭގެ ފޯރަމް ބ. އޭދަފުށީގައި ބޭއްވުމަށް އެވުޒާރާއިން ތައްޔާރުވެއްޖެ އެވެ.

މިއަހަރުގެ ފުރަތަމަ އިހްޔާ ފޯރަމް ބާއްވާފައިވަނީ ރަމަޟާން މަހުގެ 2ވަނަ ދުވަހު ލ. ފޮނަދޫގައެވެ. އަދި އަތޮޅު ފޯރަމްގެ ދެވަނަ ފޯރަމް މިރޭ ބާއްވާއިރު މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ 21:30 ގައެވެ. މި ފޯރަމް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސޯޝަލް މީޑިއާ ޗެނަލްތަކުންނާއި ޓީވީ ތަކުން ވަގުތުން ގެނެސްދޭނެ އެވެ.
މިރޭ ބާއްވާ އިހްޔާ ފޯރަމް ގެ މައުޟޫ އަކީ "ދުލުގެ އާފާތްތަކުން ސަލާމަތްވެފައިވާ މުޖްތަމައެއް ބިނާކުރުން" އެވެ. މި މައުޟޫއަށް ތަގުރީރުކުރައްވާނީ އައްޝައިޚް އަޙްމަދު މާޖިދު އެވެ.
މި ފޯރަމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމުދިނުމަށްވެސް އެވުޒާރާއިން ވަނީ ނިންމާފައި އެވެ. އެގޮތުން މި ފޯރަމްގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ 1ވަނައަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސްމާޓް ފޯނެއް، އަދި 3ވަނައަށް ސޯފާސެޓެކެވެ.
މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހްޔާ ފޯރަމްތައް ކުރިޔަށް ގެންދިޔުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައި އެވެ. މީގެ އިތުރުން މިއަހަރު ސްކޫލުތަކަށް ޚާއްސަ ކޮށްގެެން އިހްޔާ ފޯރަމްތައް ބޭއްވުމަށްވެސް އެވުޒާރާއިން ވަނީ ނިންމާފައި އެވެ. އަދި މާލޭގައިވެސް ހާއްސަ އިހްޔާ ފޯރަމްތަކެއް ކުރިއަށް ގެންދިޔުމަށް އެ ވުޒާރާއިން ވަނީ ތާވަލުކޮށްފައެވެ.
ގުޅުންހުރި

އިސްލާމީ ދާއިރާތަކުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު ހޮނިހިރު ދުވަހު ސޮއިކުރަނީ!

އިޙްޔާ ފޯރަމް މިރޭ މާލެގައި، ތަޤުރީރު ކުރައްވާނީ އައްޝައިޙް މުޙައްމަދު ޤުބާދު އަބޫބަކުރު!

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިދާރީ ހިންގުން ރަނގަޅު ކުރުމަށް އޮނިގަނޑަށް ބަދަލުތަކެއް!
