logoEN
cocacola
ކުކުޅު ބިސް ވިއްކުމާއި ބޭނުންކުރުމުގައި ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ކުކުޅު ބިސް ވިއްކުމާއި ބޭނުންކުރުމުގައި ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

އަލްފާ އަލީ

logo

3/14/2024, 12:21:48 PM

# އެމްއެފްޑީއޭ

-

ކުކުޅު ބިސް ވިއްކުމާއި ބޭނުންކުރުމުގައި ރައްކާތެރިވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފި އެވެ.

ގޮސިޔާ

އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުޅު ބިސް ވިއްކުމާއި، ގެންގުޅުމާއި، ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ބޮޑުވާކަމަށެވެ. އެހެންކަމުން ބިސް ވިއްކުމާއި ގެންގުޅުމުގައި އަދި ރައްކާކުރުމުގައި ޚާއްސަ ކަންތައްތަކަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެފްޑީއޭއިން ސަމާލުކަންދޭން ބުނެފައިވާ ކަންތައްތައް:
  1. ނަޖިސް ހަރުލާފައި ހުންނާ ބިހާއި ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުން.
  2. ފިނިކޮށް ބަހަށްޓާފައި ހުންނަ ބިސް ގަތުމަށް އިސްކަން ދިނުން.
  3. ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުމާއި މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުން ނުކުރުން
  4. ރެނދުލާފައި ހުންނަ ބިސް ނުގަތުން
  5. ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބިސް ގަނެ ރައްކާ ނުކުރުން
  6. ދޮވެގެން ބިސް ބޭނުން ނުކުރުން
  7. އައިސް އަލަމާރީގައި ބިސް ބަހައްޓާނަމަ، އެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން ބިސް ރައްކާކުރުން.
  8. ރޯނުފިލުވައި ހުންނަ ބިސް ބޭނުން ކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުމާއި،އެގޮތަށް ބޭނުންކުރާ ބިސް އައިސް އަލަމާރިން ބޭރުގައި 02 ގަޑިއިރަށްވުރެ އިތުރަށް ނުބެހެއްޓުން.

އެމްއެފްޑީއޭ އިން މިކަމަށް އިލްތިމާސްކޮށްފައިވާއިރު، ކޮންމެ ރަމަޟާން މަހެއްގައިވެސް ކެއިންބުއިމުގެ ބާވަތްތައް ތައްޔާރުކުރުމުގައި ކުކުޅުބިސް ބޭނުންކުރާ މިންވަރު އިތުރުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ