logoEN
cocacola
ރާއްޖެ އެތެރެކުރި 5 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ރާއްޖެ އެތެރެކުރި 5 ކިލޯގެ ޑްރަގްސް އަތުލައިގެންފި

އައިޝަތު އިފާޝާ

logo

3/13/2024, 7:59:00 PM

# ފުލުހުން# މަސްތުވާތަކެތި

މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ކުރިން ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި

ވައިގެ މަގުން ރާއްޖެ އެތެރެކުރި ފަސް ކިލޯގެ ޑްރަގްސް އަތުލައިގެންފިއެވެ.

ގޮސިޔާ

މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ އިއްޔެއެވެ. މިމައްސަލައާއި ގުޅިގެން 34 އަހަރުގެ ޕާކިސްތާނުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެމީހާގެ ދަބަހުން ފަސް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތަށް 30 ދުވަސް ޖަހާފައެވެ. އަދި އޭނާ ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި ގެނައުމާއި އޭގެ ވިޔަފާރިކުރުމަށް ބައިވެރިވުމެއް އޮތް ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެފަދަ މީހަކު ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތަތީވެ އާއި އަދި އޭނާ އަކީ ޕާކިސްތާނުގެ ރައްޔިތަކަށްވެފައި ފިލައިން ދިޔުމުގެ އިހުތިމާލެއްވެސް އޮތުމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ