
އިހްޔާ ފޯރަމް
ކޮންމެ އަހަރެެއްގެ ރަމަޟާން މަހުވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް ބާއްވާ ފޯރަމްގެ ތެރެއިން މާލޭގައި ބާއްވާ ބޮޑު އިހްޔާ ފޯރަމްގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެ އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މި ފޯރަމް އޮންނާނީ މިރޭ ( ބުރާސްފަތި ދުވަހުގެ ރޭެ ) 21:45 ގައި އެވެ. މިރޭގެ އިހްޔާ ފޯރަމްގައި ތަގުރީރުކުރައްވަން ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީން އަލީ ސައީދު އެވެ.
މިރޭގެ ފޯރަމްގެ މައުޝޫއަކަށް ހަމަޖެހިފައިވަނީ " ކީރިތި ޤުރުއާނާއި ޙަޔާތާއި ހުރި ގުޅުން " އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ މިއަހަރުގެ އިހްޔާ ފޯރަމުގައިވެސް ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުނެގުން ބާއްވާ ހަދިޔާތައް ދިނުމަށް ނިންމާފައި އެވެ.
އެގޮތުން ދިނުމަށް ނިންމާފައިވާ ހަދިޔާތަށް ދެ ޖިންސުގެ ބައިވެރިންނަށް ވަކިން ދިނުމަށް ވަނީ ނިންމާފައި އެވެ.
އިސްލާމިކް މިނިސްޓްރީއިން ކޮންމެ އަހަރުވެސް ބާއްވަމުން އަންނަ މި ފޯރަމްގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ ލ އަތޮޅު ފޮނަދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރެއެވެެ. އަދި ރޭ ދަރިވަރުންގެ އިހްޔާ ފޯރަމެއް މާލެގައި ބޭއްވި އިރު މިރޭ ބާއްވާ ފޯރަމަކީ މާލޭގައި ބާއްވާ ބޮޑު އިހްޔާ ފޯރަމްގެ ފުރަތަމަ ފޯރަމެވެ. އެގޮތުން މިރޭގެ އިހްޔާ ފޯރަމާއި އެކު ޖުމުލަ 8 ފޯރަމް މާލޭގައި ބޭއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭެ ވުޒާރާއިން ނިންމާފައިވާއިރު 4 ދަރިވަރުންގެ އިހްޔާ ފޯރަމް މާލޭގައި ބޭއްވުމަށް ވަނީ ނިންމާފައި އެެވެ. މާލޭގައި ބާއްވާ ހުރިހާ އިހްޔާ ފޯރަމެއްވެސް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އެވެެ.
މިއަހަރުގެ އިހްޔާ ފޯރަމް ތަކުގެ މެެއިން ސްޕޮންސަރަކީ މޯލްޑިވްސް ސްޓްރަކްޗަނަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑެވެެ.
ގުޅުންހުރި

އިސްލާމީ ދާއިރާތަކުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު ހޮނިހިރު ދުވަހު ސޮއިކުރަނީ!

އިޙްޔާ ފޯރަމް މިރޭ މާލެގައި، ތަޤުރީރު ކުރައްވާނީ އައްޝައިޙް މުޙައްމަދު ޤުބާދު އަބޫބަކުރު!

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިދާރީ ހިންގުން ރަނގަޅު ކުރުމަށް އޮނިގަނޑަށް ބަދަލުތަކެއް!
