logoEN
cocacola
އީސީގެ ތަރުަޖަމާނަކަށް ހަސަން ޒަކަރިއްޔާ!

އީސީގެ ތަރުަޖަމާނަކަށް ހަސަން ޒަކަރިއްޔާ!

އަހުމަދު ޝުރާއު

logo

3/13/2024, 6:54:21 PM

# އީސީ

އީސީގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަރުޖަމާނަކަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ ހަމަޖައްސައިފި އެވެ.

ގޮސިޔާ

އީސީގެ ތަރުޖަމާނަކަށް ޒަކަރިއްޔާ ހަމަޖެއްސީ، ކުރިން އެ މަގާމު ފުރުއްވި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މެމްބަރު ކަމުގެ ދެ ދައުރު ފުރިހަމަކުރައްވައި ރިޓަޔާ ކުރެއްވުމުންނެވެ.

އީސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ގަވައިދު ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން، މީޑިއާއަށް މަޢުލޫމާތު ދެއްވާނީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ކަމުގައި، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

View post on Twitter

އިސްމާއިލް ހަބީބް ރިޓަޔަރކުރެއްވުމާއި އެކު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމު ޖަލްސާއެއް ބާއްވައި ނައިބު ރައީސަކު ކަނޑައަޅައިފަ އެވެ. އެ މަގާމަށް އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ