logoEN
cocacola
ސަރުކާރުން ހަދިޔާކުރާ ކާޑު ބެހުމުގެ މަސައްކަތް ދެން ކުރާނީ ރޭގަނޑު!

ސަރުކާރުން ހަދިޔާކުރާ ކާޑު ބެހުމުގެ މަސައްކަތް ދެން ކުރާނީ ރޭގަނޑު!

އަލްފާ އަލީ

logo

3/13/2024, 12:30:51 PM

# ދިވެހި ސަރުކާރު# ކާޑު ހަދިޔާކުރުން

ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ބަހަމުންދަނީ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ----

ރަމަޟާން މަހު ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ ކާޑުތައް މާލެ ސަރަހައްދުގައި ބެހުމުގެ މަސައްކަތް ކުރާނީ ރޭގަނޑު ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ގޮސިޔާ

ދުވާލުގެ ވަގުތުގައި ވެސް ހިލޭ ކާޑު ދޫކުރުން ކުރިއަށްގެންދިޔަ ނަމަވެސް، ސިޓީ ކައުންސިިލުން ބުނެފައިވަނީ، ދެން ކާޑު ބެހުމުގެ މަސައްކަތްކުރާނީ ރޭގަނޑު 9:00 އިން 12:00 އަށް ކަމަށެވެ.

ކާޑު ބަހާ ވަގުތުތަކަށް ބަދަލު ގެނެސްފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކާޑުގެ ބާވަތްތައް ބަލާ ދިއުމަށް ރައްޔިތުންނަށް އުނދަގޫވާތީކަމަށް އެކައުންސިލުން ބުނެއެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ބަހަމުންދަނީ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށެވެ. މާލެ ސަރަހައްދުގައި އެ ހަދިޔާ ދޫކުރުމަށްޓަކައި ޖުމްލަ ހަ ތަނެއް ވަނީ ހަމަޖައްސާފައެވެ.

  1. ގަލޮޅު ދަނޑު މާލެ
  2. އާންމު ހިދުމަތްތަކާއި ބެހޭބައި (މާލެ ސިޓީ ކައުންސިލް)
  3. ސޯޝަލް ސެންޓަރ
  4. ބިއްރި މިސްކިތް ހޯލް ވިލިމާލެ
  5. އުމަރު ޒާހިރު ބިލްޑިންގ ހުޅުމާލެ ފޭސް-1
  6. ވިނަރެސް 10 ހުޅުމާލެ ފޭސް-2

މާލޭގައި ކާޑު ކާޑު ބަހަމުން އަންނަނީ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. ރަށްރަށުގައި ކާޑު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްތަކުންނެވެ.

ސަރުކާރުން ބަހާ މިކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހީންނަށެވެ. އެގޮތުން ކާޑު ދޫކުރާނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ކާޑު ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނޯޓު ކުރުމަށްފަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ